ސައުދީ ޑިފެންސް މިނިސްޓްރީއަށް ހަމަލާދޭން އުޅުނު އައިއެސްގެ ޔަމަނު 2 ޓެރަރިސްޓުން އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
ސައުދީ ޑިފެންސް މިނިސްޓްރީއަށް ހަމަލާދޭން އުޅުނު އައިއެސްގެ ޔަމަނު 2 ޓެރަރިސްޓުން އަތުލައިގެންފި
ސައުދިއަރަބިޔާގެ ޑިފެންސް މިނިސްޓްރީއަށް ހަމަލާދޭން އުޅުނު އައިސްގެ ޔަމަނު 2 ޓެރަރިސްޓުން އަތުލައިގެންފިއެވެ. އެމީހުން މަސައްކަތްކޮށްފައިވަނީ ޖާނުން ފިދާވެގެން ހަމަލާ ދިނުމަށެވެ. މި ދެމީހުންނަކީވެސް ވަގުނަންތަކުގައި ސައުދީގައި އުޅެމުން ދިއަ ދެމިހުންނެވެ.

މިކަމާއި ގުޅިގެން ސައުދީގެ ބައަކުވެސް ވަނީ އަތުލައިގެންފައެވެ. ނަމަވެސް އެމީހުންނާބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

މިކަމަށް ހިންގި އޮޕަރޭޝަނުގައި ވަނީ 7 ކިލޯ އާއި 9 ކިލޯގެ ބޮންބެލްޓާއި އިތުރު ބައެއް ހަތިޔާރުތައް އަތުލައިގަނެވިފައެވެ. މިމީހުންނާއި ހަތިޔާރު އަތުލައިގެންފައިވަނީ އަލް ރިމާލް ސަރަހައްދުންނެވެ.
މިއަދު އޮންލައިން