ޗައިނާގެ ބައިސްކަލް އުފައްދާ ކުންފުނިތަކުން 70,000 އައު ވަޒީފާގެ ފުރުޞަތު ހުޅުވާލައިފި

ކިޔުމަށް ހޭދަވާނީ 44ސ
ޗައިނާގެ ބައިސްކަލް އުފައްދާ ކުންފުނިތަކުން 70,000 އައު ވަޒީފާގެ ފުރުޞަތު ހުޅުވާލައިފި
ޗައިނާގެ ބައިސްކަލް އުފައްދާ ކުންފުނިތަކުން 70,000 އައު ވަޒީފާގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ޤައުމުގެ ސްޓޭޓް އިންފޮމެޝަން ސެންޓަރ (އެސްއައިސީ) އާއިހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބައިސްކަލް އުފައްދާ ކުންފުނިތަކުން 100,000 މީހުން މިހާރުވެސް އަންނަނީ މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ.

އަލަށް އުފެއްދި މި ވަޒީފާތަކަށް ނަގާ މީހުންގެ މަސައްކަތަކަށްވާނީ އެކިސަރަހައްދުތަކުގައި ބަހައްޓާފައިހުންނަ ބައިސްކަލްތައް އެތަކެތި ހުންނަންވާ ތަންތަނަށް ގެންދިއުމެވެ. އަދި ހަލާކުވެފައިވާ ބައިސްކަލްތައް މަރާމާތު ކުރުމެވެ.

ޗައިނާގެ ކުންފުންޏަކުން އަންނަނީ ބައިސްކަލް ދުއްވަން ބޭނުންވާ ފަރާތްތަކަށް ހިލޭ ބައިސްކަލް ފޯރުކޮށްދެމުންނެވެ. އެގޮތުން މޮބައިލް ފޯން އެޕެއް މެދުވެރިކޮށް ބައިސްކަލް ހުންނަ ތަންތަން ބަލައިލެވެއެވެ. އަދި އެންމެ ކައިރި ސަރަހައްދަކުން ބައިސްކަލް ލިބެއެވެ.
މިއަދު އޮންލައިން