އިންޑިއާގައި ރިފިޔުޖީންގެ ގޮތުގައި ތިބި 40،000 ރޮހިންޔާ މުސްލިމުން އަނބުރާ މިޔަންމާއަށް ފޮނުވުމުގެ ބަދަލުގައި އެންމެން އެކުގައި މަރާލަދިނުމަށް އިންޑިއާ ސަރުކާރުގެ ކިބައިން އެދެމުން އެބަގެންދެއެވެ.
އެމީހުން ބުނަނީ އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތި ރޮހިންޔާ މުސްލިމް މަރައި ދަރިކޮޅު އެކުގައި ނައްތައިލަން މަސައްކަތްކުރާ ބައެއްގެ އަތްމައްޗަށް ދިއުމަށްވުރެ އެމީހުން އެދެނީ އިންޑިއާ ސަރުކާރުން އެމީހުން މަރާލަދިނުން ކަމަށެވެ. އެއިރުން އިތުރު އަނިޔާތަކެއް ނުލިބި އެމީހުން ނެތިގެން ހިނގައިދާނެ ކަމަށެވެ.
އިންޑިއާގައި ތިބި 40،000 ރޮހިންޔާ މުސްލިމް ރިފިޔުޖީން އަނބުރާ މިޔަންމާއަށް ފޮނުވުމާއި ދެކޮޅަށް އދ ގެ ހިޔުމަން ރައިޓްސް ކޮމިޝަނުން ވެސް ގެންދަނީ އަޑުތައް އުފުލަމުންނެވެ. އދ އިން ބުނަމުން ގެންދަނީ އިންޑިއާ އިން ސޮއިކޮށްފައިވާ އދ ގެ ޤަރާރުތަކަށް ބެލި ނަމަވެސް އެމީހުން އަނބުރައި ުފޮނުވޭނެ ކަމަށެވެ.
އިންޑިއާގައި ތިބި ރޮހިންޔާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދަނީ މުސްލިމް ޖަމާއަތްތަކަށް ޒަކާތު ފަންޑުން ލިބޭ ފައިސާ އިންނެވެ. ބައެއް މީހުން ދިރިއުޅެނީ ކުދިކުދި މަސައްކަތްކޮށްގެންނެވެ.
ވެރިކަންކުރާ ބީޖޭޕީގެ ތާއީދު ނެތް ސްޓޭޓްތަކުގައި ގެންދަނީ ސަރުކާރުގެ ނިންމުމަށް ދެކޮޅު ހަދައި އަޑުއުފުލަމުންނެވެ.