އިންޑިއާގައި ތިބި ރޮހިންޔާ މުސްލިމުން އަނބުރާ މިޔަންމާއަށް ފޮނުވާލުމާއި ދެކޮޅަށް އދ އާއި އެހެންވެސް ޖަމާއަތްތަކުން އަޑު އުފުލަމުން ގެންދާއިރު އެކަމާއި ދެކޮޅަށް އިންޑިއާގައި މުސްލިމުންނާއި ހިންދޫން ގެންދަނީ ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ.
ހިންދޫ ސެނަ ޖަމާއަތުން ބޭއްވި ބޮޑު އެއްވުމެއްގައި ބުނެފައިވަނީ މިއީ އެފަދަ ކަމަކަށް އެކަށީގެންވާ ވަގުތެއް ނޫން ކަމަށާއި ރޮހިންޔާ މުސްލިމުންނަކީ ކޮންމެ ނަސްލަކަށް ނިޞްބަތްވާ ބައެއް ނަމަވެސް އެއީ ވެސް ހަމަ އިންސާނުން ކަމަށެވެ. ހިންދޫ ދީނަކީވެސް އިންސާނީ ނަސްލުތަކަށް ފުރިހަމައަށް އިހްތިރާމްކުރާ ދީނަކަށްވާއިރު ދިރިހުރެވޭނެ އެއްވެސް ބިމަކަށް ބައަކު ގަދަކަމުން ފޮނުވައިލުމަކީ ހިންދޫ ދީން ވެސް ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.
މިޔަންމާގައި ރޮހިންޔާ މުސްލިމުންނަށް ކުރިމަތިވަމުން އަންނަ މައްސަލަތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހައްލެއް ނުހޯދެނީސް އިންޑިއާގައި ތިބި ރޮހިންޔާ މުސްލިމުން އަނބުރާ ރޮހިންޔާއަށް ފޮނުވާލުމަށް އިންޑިއާގެ މުސްލިމުންވެސް ގެންދަނީ ދެކޮޅު ހަދަމުންނެވެ. އެހެންކަމާއިއެކުވެސް ސަރުކާރުން އަމަލުކުރާނެ ގޮތެއް އަދިވެސް ވަނީ ސާފުނުވެފައެވެ.