ރޮހިންޔާ މުސްލިމުންނަކީ މިޔަންމާ ރައްޔިތުން ނޫން ކަމަކަށް ނުހެދޭނެ: ޝައިޚް ހަސީނާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ރޮހިންޔާ މުސްލިމުންނަކީ މިޔަންމާ ރައްޔިތުން ނޫން ކަމަކަށް ނުހެދޭނެ: ޝައިޚް ހަސީނާ
މިޔަންމާގައި ދިރިއުޅެމުން އަންނަ ރޮހިންޔާ މުސްލިމުންނަކީ މިޔަންމާގެ ރައްޔިތުން ނޫން ކަމަށް ނުހެދޭނެ ކަމަށާއި އެމީހުންގެ ޒިންމާ އުފުލަން މިޔަންމާ ސަރުކާރަށް ނުޖެހޭނެ އެއްވެސް ގޮތެއް ނުއޮންނާނެކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގައި ތިބި ރޮހިންޔާ މުސލިމުންގެ ހާލަތު ބައްލަވައިލެއްވުމަށްފަހު ޝައިޚް ޙަސީނާ ވިދާޅުވީ ރޮހިންޔާ މުސްލިމުންނަށް ދަގަނޑު ސޫކީގެ ސިފައިން ދެމުން ގެންދާ އަނިޔާތަކުގެ ޒިންމާ އުފުލަން ދަގަނޑު ސޫކީގެ ސަރުކާރަށް ޖެހޭނެ ކަމަށެވެ. ޓެރަރިސްޓް ހަމަލާތަކުން ސަލާމަތްވުމުގެ ނަމުގައި ސިފައިން ފޮނުވައިގެން ވަރުގަދަ ހަމަލާތައްދީ އަނިޔާވެރި ނުވެވޭނެ ކަމަށެވެ.

ޝައިޚް ޙަސީނާ ވަނީ ދަގަނޑު ސުކީގެ ސިފައިން ރޮހިންޔާ މުސްލިމުންގެ ގެދޮރުތަކުގައި ހުޅުޖަހައި އެންދުމާއި ދިރިތިއްބައި އެތައް ޙާސް ބައަކު އެންދުމާއި އެތައް ހާސްބައަކު ޤަތުލުކުރި ޤަތުލު ޢާންމު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ.

ޝައިޚް ޙަސީނާ ރޮހިންޔާ މުސްލިމުންނަށް ހަމްދަރުދީ ފައުޅުކުރައްވައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަފުޅުތަކަކަށް ނުހައްދަވައިފިނަމަ ޝައިޚް ހަސީނާއަށް އެކަމުގެ ދަރުމަ ލިބިވަޑައިގަންނަވާނެއެވެ.
މިއަދު އޮންލައިން