ސިންގަޕޫރުގެ ރައީސް ކަމާއި ބުރާސްފަތި ދުވަހު ހަވާލުވެވަޑައިގަންނަވާނީ ކުރިން ޕާލަމެންޓުގެ ރައީސްކަން ކުރައްވާފައިވާ ހަލީމާ ޔަޢްޤޫބް އެވެ. ކުރިމަތިލި 4 ފަރާތުގެ ތެރެއިން މަޤާމަށް ކޮލިފައިވިކަމަށް ކަނޑައަޅާފައިވަނީ ހަމައެކަނި ޙަލީލާ އެވެ.
ސިންގަޕޫރުގައި ރައީސުން ހޮވަނީ ދަރިކޮޅުތަކަށް ނިޞްބަތްކޮށެވެ. ހަލީމާ ނިޞްބަތްވެވަޑައިގަންނަވަނީ މެލޭ ދަރިކޮޅަށެވެ.
ޙަލީމާ ވިދާޅުވީ ވަކި ދަރިކޮޅަކަށް ނިޞްބަތްވެވަޑައިގެންނެވި ނަމަވެސް އެއީ ނަސްލީ މައްސަލައެއް ކަމަށާއި ވެރިކަން ކުރައްވާނީ ހުރިހާ ރައްޔިތުންގެ ރައީސެއްގެ ގޮތުގައި ކަމަށެވެ.
މެލޭ ދަރިކޮޅުން އެންމެފަހުން ސިންގަޕޫރުގެ ރައީސްކަން ކުރެއްވީ ޔޫސުފް އިޝްހާޤްއެވެ. އެއީ ސިންގަޕޫރަށް މިނިވަންކަން ލިބުމާއި ގުޅިގެން 1965 ވަނަ އަހަރުން ފެށިގެން 1970 ވަނައަހަރަށެވެ.