ޗައިނާގެ އިންޓަރނެޓް ޕޯޓަލްތަކުން ދުންފަތުގެ އިސްތިއުމާލުކުރާ މަންޒަރު ދައްކުވައިދޭ ކުރެހުންތައް ނެގުމަށް ނިންމައިފިއެވެ.
އެގޮތުން ސޯޝަލް މީޑިއާގައި އެކަކު އަނެކަކަށް މެސެޖުކުރުމަށް ބޭނުންކުރާ އާލާތްތަކުގައި ހުންނަ ދުންފަތުގެ އިސްތިއުމާލުކުރާފަދަ މަންޒަރު ދައްކުވައިދޭ ތަކެތި މިހާރު ވަނީ ނަގަން ފަށާފައެވެ.
ޗައިނާ ފަދަ ޤައުމެއްގައި މިކަހަލަ ކަންތައް ކުރަމުން އަންނަ އިރު، ރާއްޖެއިންވެސް ނަމޫނާއަކަށް ބެލުން ބުއްދިވެރިއެވެ. އެއީ ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށް ދިވެހި ސަރުކާރުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނާތީއެވެ. އަދި ތަފާތު ނަންނަމުގައި އެވޯޑުތައްވެސް ތަޢާރަފްކޮށް ދެމުން އަންނާތީއެވެ.
ނަމޫނާއަކަށް ބަލަންވީ މިފަދަ ކަންކަމުން ނޫންތޯއެވެ!؟..