ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ހުރަސްއަޅަމުން ގެންދާ އިޒްރޭލުން ކުރުދީންގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ތާއީދުކޮށްފިއެވެ.
ބޮޑުވަޒީރު ނަތަޔާންހޫ ބުނީ ކުރުދީންގެ މިނިވަން ދައުލަތެއް ޤާއިމުކުރަން އިޒްރޭލުން ތާއީދުކުރާ ކަމަށެވެ. އެހެންކަމުން އެކަމަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރިންގެ ތާއީދު ލިބިގެންދާނެއެވެ.
ކުރުދީންގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ނަގަން ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ކުރުދީންގެ މިނިވަން ދައުލަތެއް ޤާއިމުކުރާނަމަ ކުރުދީންގެ އަތްދަށަށް ކިރްކުކް ފަދަ ތެލުގެ މުއްސަނދިކަން ލިބިފައިވާ ބައެއް ސަރަހައްދުތައް ދާނެތީ މިކަންކަން ނިމިގެންދާނެ ގޮތަކާއިމެދު ވަނީ ސުވާލުތައް އުފެދިފައެވެ.