މީހުން އިސްލާމްވާ ސަބަބާއިމެދު ބައެއް މީހުން ސުވާލު އުފައްދައެވެ. އެ ސުވާލުގެ ޖަވާބު އެންމެ ފުރިހަމައަށް ލިބެނީ އަލަށް އިސްލާމްވާ މީހުންގެ ކިބައިންނެވެ.
ޢީސަ ބުނާ ގޮތުން އޭނާ ޖަލުގައި 17 އަހަރު ހޭދަކުރިއެވެ. އޭނާއަކީ ހުރިހާ ނުބައިކަމެއް ކުރަމުން އައި މީހެކެވެ. މަސްތުވާ ހުރިހާއެއްޗެއް ބޭނުންކުރަމުން އައި މީހެކެވެ. ވައްކަމުން ކުރަމުން ގޮސް ހަތިޔާރު ގުދަންތައް ފަޅައި ވައްކަންކުރި މީހެކެވެ. ގޭންގް މެންބަރެކެވެ.
ޖަލުގައި ހޭދަކުރި މުއްދަތުގައި އޭނާ އާއި މުސްލިމުންނާއި ބައްދަލުވިއެވެ. އެމީހުންގެ އަމަލުތައް އެނާ ވަރަށް ގާތުން ބެލިއެވެ. އެމީހުންނާއި ގުޅުން ބަދަހިކުރިއެވެ. އެމީހުން އުޅޭ ގޮތާއި ކުރާ ކަންކަން ދަސްކުރިއެވެ. ނަތީޖާއަކަށްވީ އޭނާ އިސްލާމް ވުމެވެ.
ޢީސަ ބުނާ ގޮތުގައި އިސްލާމް ދީނުގެ އެންމެ ބޮޑު ފުރިހަމަކަމަކީ ކަންކަން ކުރަން ތަރުތީބުތަކެއް ހުރުމެވެ. އުޅެންވީ ޚާއްޞަ ގޮތްތަކެއް ބަޔާންކޮށްފައި އޮތުމެވެ. އަދި މުސްލިމުން އެކަންކަމަށް އަމަލުކުރަމުން ދިއުމެވެ.
ޢީސާ މިއަދު އެންމެ ބޮޑަށް ކަންބޮޑުވަނީ އިސްލާމް ދީނަށް ވަންނަން ބޭނުންވާ މީހުން އިސްލާމްވުމަށް ފަސްޖެހޭ ފަދަ ކަންކަން ބައެއް މީހުން ކުރާތީއެވެ. އެފަދަ އެއްވެސް ކަމެއް އެއްވެސް މީހަކު ނުކުރުމަށް އޭނާ އެންމެންގެ ކިބައިން އެދެއެވެ.
ގުޅުންހުރި ވީޑިއޯ: