މިޔަންމާގައި ތިބި ރޮހިންޔާ މުސްލިމުންނަށް އެޤައުމުގެ ވެރިކަމުގައި ހުރި ދަގަނޑު ސޫކީގެ ސިފައިން ކުރި ލާއިންސާނީ އަނިޔާތަކުގެ މައްސަލަ ބަލައި އަދަބުދޭން ދުނިޔެ ނުކުޅެދުމުން އަލްޤައިދާއިން އެކަމަށް ކުރިމަތިލައިފިއެވެ.
އަލްޤައިދާއިން ބުނެފައިވަނީ މުސްލިމުންނަށް ހިތުހުރި ގޮތެއް ހެދުމަށްފަހު އަމާންކަމާއިއެކު އުފަލުގައި ތިބެވޭނެކަމަށް އުންމީދު ނުކުރުމަށެވެ. ރޮހިންޔާ މުސްލިމުންނަށް ކުރި އަނިޔާތަކުގެ ރަހަ ދައްކައިލާނެ ކަމަށެވެ. އެކަން ލިބިގަންނަން ޖެހޭނެ ކަމަށެވެ.
އަލްޤައިދާއިން ވަނީ ދަގަނޑު ސޫކީ ނިކަމެތިކޮށް ހާލުގައި ޖައްސުވާފައިވާ ރޮހިންޔާ މުސްލިމުންނަށް ދުނިޔޭގެ ހުރިހާ މުސްލިމުންނަށް ގޮވާލައިފައެވެ.
އަލްޤައިދާ އަކީ އެމެރިކާއަށް ވަރުގަދަ ހަމަލާތައް ދިން ކަމަށް އެމެރިކާއިން ބުނާ ޖަމާއަތެވެ. މިޔަންމާއަށް ދޭނީ ކޮން ބާވަތެއްގެ ހަމަލާތަކެއްކަން އަލްޤައިދާ އިން އެފަދަ ކަމެއް ކޮށްފިނަމަ އެކަން ވެގެންދާނީ ބިރުވެރިކަމަކަށް ކަމުގައި ޤަބޫލުކުރެވެއެވެ.
އަލްޤައިދާއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ރޮހިންޔާ މުސްލިމުންނަށް ދަގަނޑު ސޫކީ. އޭނާގެ ސިފައިން ލައްވާ ދިން އަނިޔާ ތަކާއި ޖަރިމާތައް ބެލުމަށް ދުނިޔެ ނުކުޅެދިފައިވަނިކޮށެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވަނީ އަމިއްލަ ދިފާއުގައި ނަމަވެސް މުސްލިމުން ހަމަލާއެއް ދީފިނަމަ އެކަން ހަދަނީ ޓެރަރިސްޓް ހަމަލާއަކަށް ކަމަށާއި އެހެން ދީންތަކުގެ މީހުން ހިންގާ އެފަދަ އަމަލުތައް ވެގެންދަނީ ހަމައެކަނި ކުށަށް ކަމަށެވެ.