ދިރާގު އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
ދިރާގު އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި
ދިރާގުން މުވައްޒަފުންނަށް ހާއްސަކޮށްގެން ބާއްވާ އެންމެ ހާއްސަ އެއް ހަފުލާ ކަމަށްވާ ދިރާގު އެނުއަލް އެވޯޑް 2016 ރޭ ދަރުބާރުގޭގައި ބާއްވައިފިއެވެ. މިއީ ދިރާގުން މި ހަފުލާ ވިދިވިދިގެން ބާއްވާ 28 ވަނަ އަހަރެވެ.

ދިރާގުން ބުނީ މި އެވޯޑް ހަފްލާގެ މައިގަނޑު މަޣްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި، މުވައްޒަފުން ކުންފުންޏަށް ފޯރުކޮށްދޭ ހިދުމަތުގެ އަގުވަޒަންކޮށް އެކަމަށް ތަރުހީބުދިނުން ކަމަށެވެ.

ދިރާގުގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުޏީގެ މުވައްޒަފުންނެވެ. މިގޮތުން މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ކުންފުނިން ނުހަނު އިސްކަމެއްދޭ ކަމެކެވެ. މާލީ އިނާޔަތްތަކުގެ އިތުރުން މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަޝަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. ރޭގަ ބޭއްވި އިނާމުދިނުމުގެ ޖަލްސާއަކީ މި މޭރުމުން ދިރާގުން ހިންގާ ގިނަހަރަކާތަތކުގެ ތެރެއިން އެއް ކަމެވެ.

ރޭގެ ހަފުލާގައި 49 މުވައްޒަފުންނަށް އިނާމު ލިބިފައިވެއެވެ. އަދި ކުންފުނީގެ އެންމެ ޝަރަފްވެރި އިނާމް ޗެއަޕާސަންސް އެވޯޑް ހާސިލްކޮށްފައިވަނީ ކުންފުނީގެ އެސިސްޓެންޓް އެނޖިނިއަރ ޒުލްހާމް އަބްދުލް ހަކީމެވެ. މީގެ އިތުރުން ރޭގެ ހަފްލާގައި ދިގުމުއްދަތުގެ ދހިދުމަތުގެ އިނާމްތަކާއި، ޅީޑަރޝިޕް އިނާމްތަކާއި ޑިވިޝަންލް މެރިޓް އެވޯޑްތަކާއި ޙައްސަ މެރިޓް އެވޯޑްތަކުގެ އިތުރުން ސްޕެޝަލް ރެކޮގްނިޝަން ޓީމް އެވޯޑްތައް ދީފައިވެއެވެ.

ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 28 އަހަރު އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ. މިގޮތުން އެ ކުންފުންޏާކީ ރާއްޖޭގައި މަސައްކަތްކުރަން އެންމެ ކަމުދާ އެއްކުންފުނި ކަމަށް އެތައް ސާވޭއަކުން ދައްކައެވެ. މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު، މީހުން ބިނާކުރުމާއި މުވައްޒަފުންނަށް ފޮރުކޮށްދޭ އެކި މަންފާތަކާއި އިނާޔަތްތަކުގެ ސަބަބަުން ދިރާގަކީ ސައްތައަކުން 99 ދިވެހި މުވައްޒަފުން ހިމެނޭ ކުންފުންނެކެވެ. އަދި ޑިޖިޓަލް މުސްތަގްބަލަށް ކުންފުނީގެ ކަސްޓަމަރުން އަހުލުވެރިކޮށް ކުރިއެރުވޭނެގޮތް މަގުފަހި ކުރަން ދިރާގުން ކެނޑިނޭޅި މުވަޒަފުންގެ ފެންވަރު މަތިކޮށް ތަމްރީނާއި ހުނަރު ބިނާކުރުމުގެ ފުރުސަތުތައް ފޯރުކޮށްދޭނެކަމަށްވެސް ދިރާގުން ބުނެއެވެ.

މިއަދު އޮންލައިން