އިރާޤްގެ ސަރަހައްދުތަކުން އައިއެސްގެ ހަނގުރާމަވެރިން ފައްސައިިލެވިއްޖެ ކަމަށް އިރާޤުން ބުނި ނަމަވެސް އިރާޤަށް އަދިވެސް އައިއެސްގެ ކިބައިން ސަލާމަތެއް ނުވެއެވެ. މިއަދުވެސް ވަނީ ދެ ސަހައްދެއްގައި ހަމަލާދީ 50 އަށްވުރެ ގިނަ މީހުން މަރާލައިފައެވެ.
މިއަދުގެ އެއް ހަމަލާ ދީފައިވަނީ ރެސްޓޯރަންޓަކަށެވެ. އެހަމަލާ ދީފައިވަނީ ސިފައިންގެ ޔުނިފޯމް އަޅައިގެން ތިބި އައިއެސްގެ ބައެކެވެ. ހަމަލާދީފައިވަނީ ބަޑިންނެވެ. ދެވަނަ ހަމަލާ ދީފައިވަނީ ސިފައިންގެ ޗެކް ޕޮއިންޓަކަށެވެ.
މީގެ އިތުރުން ވެސް ބައެއް ސަރަހައްދުތަކުގައި ވަނީ އެކިވަރުގެ ހަމަލާތައް ދީފައެވެ. އިރާޤް ސިފައިން ދެމުން ގެންދިއަ ހަމަލާތަކަށް ކެތް ނުކުރެވިގެން އައިއެސްގެ ސިފައިން އެކި ސަރަހައްދުތަކަށް ބެހުނު ނަމަވެސް އައިއެސްގެ ހަނގުރާމަވެރިން އަދިވެސް ދަނީ ފުޅައު ދާއިރާއެއްގައި އިރާޤުގައި ހަރަކާތްތެރިވަމުންނެވެ.