ޔޫއެފްއޭ ޗެމްޕިއަންސް ލީގްގެ މެޗުތައް ދިރާގު ޓީވީ މެދުވެރިކޮށް އެޗްޑީ ކޮލިޓީގައި މިހާރު ބަލާލެވޭނެއެވެ. އަދި ދިރާގު ޓީވީ މެދުވެރިކޮށް މޯބައިލް ޑިވައިސްއެއް ބޭނުން ކޮށްގެންވެސް ޗެމްޕިއަންސް ލީގް ގެ މެޗުތައް ބަލާލެވޭނެއެވެ.
ރާއްޖޭގެ ފުރަތަމަ ނޭޝަންވައިޑް އައިޕީޓީވީ ޚިދްމަތަކީ ދިރާގު ޓީވީ އެވެ. ގާތްގަނޑަކަށް 80 އަށްވުރެ ގިނަ ޗެނަލްތައް ދިރާގު ޓީވީ އިން ބަލާލެވެއެވެ. އޭގެތެރޭގައި ކުޅިވަރަށް ހާއްސަ ޗެނަލްތަކާއި އިނގިރޭސި އަދި ހިންދީ ޕްރޮގްރާމްތައް ގެނެސްދޭ ޓީވީ ޗެނަލްތައް ވެސް ދިރާގު ޓީވީ ގައި ހިމެނެއެވެ.
ވަރަށް ފަހުން ދިރާގު ޓީވީ އަށް ވަނީ "އޭ ޕްލަސް އީ ނެޓްވޯކްސް" ގެ ފަރާތުންވެސް ވަނީ އިތުރު ފަސް ޗަނަލް ހަދިޔާ ކޮށްފައެވެ.