ރޮހިންޔާ މުސްލިމުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން އިންޑިއާ އިންވެސް ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ރޮހިންޔާ މުސްލިމުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން އިންޑިއާ އިންވެސް ނިންމައިފި
ބަންގްލަދޭޝް އަށް ދަތުރު ކޮށްފައިވާ ރޮހިންޔާ މުސްލިމް ރެފިއުޖީންނާއި ބެހޭ ގޮތުން ޑާކާ އިން ނިއު ދިއްލީ އާއި ވަރަށް ތަފްސީލުކޮށް މަޝްވަރާކުރި ފަހުން، އިންސާނިއްޔަތުކަމުގެ ގޮތުން އެހީތެރިކަމެއް އިންޑިއާއިން ފޮނުވަން ނިންމައިިފިއެވެ.

ނިއު ދިއްލީގައި ހުންނަ ބަންގްލަދޭޝްގެ ސަފީރު ސައިދް މުޢައްޒިމް އަލީ އިންޑިއާގެ ފޮރެން ސެކްރެޓަރީ އެސް ޖައިޝަންކަރު އާއި މިދިޔަ ހަފްތާގައި ބައްދަލު ކުރައްވާ، ދެއްކެވި ވާހަކަފުޅުގެ ނަތީޖާއެއްގެ ގޮތުން، ރޮހިންޔާ މުސްލިމުންނަށް މާދަމާ އެހީތެރިކަމެއް ފޮނުވާދެއްވާނެ ކަމަށް ޖައިޝަންކަރު ވިދާޅުވެފައިވެއެވެ.

"އިންޑިއާ އެއާކްރާފްޓަކުން މާދަމާ ހެނދުނު 11 ޖަހާއިރު، އެހީތެރިކަމުގެ ކޮންސައިންމެންޓަކާއިއެކު ޗިއްޓަގޮންގް އެއާރޕޯޓަށް ޖައްސާނެ" އިންޑިއަން ހައިކޮމިޝަންގެ ތަރުޖަމާނު މީޑިއާއަށް މައުލޫމާތު ދީފައިވެއެެވެ.

މިޔަންމާ ސަރުކާރާއި ބުދިސްޓުންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި ބަންގްލަދޭޝް އަށް ދަތުރު ކޮށްފައިވާ ރޮހިންޔާ މުސްލިމުންނަށް އިންސާފު ދެއްވާ، މިޔަންމާއާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ ޖަމިއްޔާތަކަށް ބަންގްލަދޭޝް ސަރުކާރުން ވަނީ ގޮވާލާފައެވެ.

އދ. ގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އޯގަސްޓް މަހުގެ 25 އިން ފެށިގެން މިހާތަނަށް 400،000 އެއްހާ ރޮހިންޔާ މުސްލިމުންވަނީ، މިޔަންމާ ސަރުކާރާއި ބުދިސްޓުންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި ބަންގްލަދޭޝް އަށް ދަތުރުކޮށްފައެވެ.
މިއަދު އޮންލައިން