ފިރިމީހާ، މަރައި ކޮށައި އަންދާލާނެ ކަމަށް ރޭޑީއޯ މެދުވެރިކޮށް ބުނި އަންހެނަކު ބަންދުކޮފި- މިވަރުވާނީ ކިހާވަރެއް ވެގެންބާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ފިރިމީހާ، މަރައި ކޮށައި އަންދާލާނެ ކަމަށް ރޭޑީއޯ މެދުވެރިކޮށް ބުނި އަންހެނަކު ބަންދުކޮފި- މިވަރުވާނީ ކިހާވަރެއް ވެގެންބާ!
ފިރިމީހާ މަރައި ކޮށައި އަންދައިލާނެކަމަށް ރޭޑިއޯ މެދުވެރިކޮށް ބުނި އޮމާންގެ އަންހެނަކު އެ ޤައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ލައިވްކޮށް ފޮނުވަމުންދިއަ ރޭޑިއޯ ޕްރޮގްރާމެއްގައި ފޯނުން 23 އަަހަރުގެ އަންހެން މީހާ ބުނީ އެކަންކަން ކޮށްގެން ކިތަންމެ ބޮޑު ޖަލު ޙުކުމެއް އޭނާގެ މައްޗަށް އިއްވި ނަމަވެސް އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ. އޭނާއަށާއި އޭނާގެ ދަރިންނަށް އެއްވެސް ހިތްހަމަޖެހުމެއް ލިބޭނީ އެގޮތަށް އަމަލުކޮށްގެން ކަމަށެވެ. ކިތަންމެ ނިކަމެތި ހާލެއްގައި ބޮޑުވަން ދަރިންނަށް ޖެހުނު ނަމަވެސް ނަފްސާނީ ގޮތުން ދަރިންނަށް ލިބޭނެ ހަމަޖެހުން މާބޮޑުވާނެ ކަމަށެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ މީހަކު މަރާނެ ކަމުގެ ބިރު ދެއްކިކަމުގެ ކުށުގައެވެ. މިކަމާއި ގުޅިގެން ގިނަ ބައަކު ކުރަމުންދާ ސުވާލަކީ ކުދި ދަރިންތަކެއް ތިބި މަޔަކު ޖަލަށް ދާންޖެހޭނެކަން އެނގިހުރެ މިފަދަ ބަސްތަކެއް ބުނާނީ އޭނާއަށް ނަފްސާނީ ގޮތުން ކިހައިވަރެއްގެ އަނިޔާތަކެއް ލިބުމުންބާވައެވެ! ފިރިމީހާގެ އަނިޔާވެރިކަމުން ދަރިންނަށް ކިހައިވަރެއްގެ ގެއްލުންތަކެއް ލިބެމުން އަންނާތީބާވައެވެ!

މިއީ އޮމާނުގައި ހިނގާފައިވާ ކަމެކެވެ. ދިވެހި މުޖުތަމައުގައި ހަމަ މިފަދަ ހާލުގައި ކިތައް އަންހެނުން އެބަތިބިކަން އެނގޭނީ ވެސް ހަމަ އެކަން ރަނގަޅަށް ބަލައިލުމުން ކަމަށް ގިނަ ބައަކު ބުނެއެވެ.
މިއަދު އޮންލައިން