ރޮހިންޔާ މުސްލިމުންނަކީ މިޔަންމާގެ ބައެއް ނޫން ކަމަށް މިޔަންމާ ސަރުކާރުން ހަދައި އެމީހުންގެ ޤައުމީ ނިޞްބަތްވެސް މިޔަންމާއިން ވަނީ ނައްތައިލައިފައެވެ. އެމީޙުންގެ ބިން ކަމަށްވާ ރާކިން ސްޓޭޓަކީ މިޔަންމާގެ ބައަކަށް ހަދާފައިވާއިރު އެބިމުގައި ޒަމާނުންސުރެ ދިރިއުޅެމުން އައި މީހުންގެ ހައްޤުތައް ގެއްލިގެންދިއަ ގޮތާއިމެދު މުޅި ދުނިޔެއިން މިދަނީ ސުވާލުކުރަމުންނެވެ.
މިޔަންމާގައި ތިބި ރޮހިންޔާ މުސްލިމުންނަކީ ބަންގްލަދޭޝް އިން ރާކިން ސްޓޭޓަށް ހިޖުރަކޮށްގެން ތިބި ބައެއް ކަމަށް މިޔަންމާ އިން ބުނި ނަމަވެސް އެއީ އެއްވެސް އަސްލެއް އޮތް ވާހަކަތަކެއް ނޫނެވެ. ރޮހިންޔާ މުސްލިމުންގެ އަސްލަށް ބަލައިފިނަމަ އެމީހުންނަކީ އެއްވެސް ޒަމާނެއްގައި ބަންގްލަދޭޝްއަށް ނިޞްބަތްވީ ބައެއް ނޫނެވެ.
އެހެންކަމުން ނަސްލު ނައްތައިލުމުގެ މައްސަލައިގައި އދގެ ޖެނެރަލް އެސެމްބްލީ އަށް އެޖެންޑާކުރި މައްސަލައަކީ ރޮހިންޔާ މުސްލިމުންނާއި ގުޅުމެއް ނެތް މައްސަލައެއް ކަމަށް ފޮރިން މިނިސްޓްރީން ބުނަނީ ކީއްވެގެންކަމާއިމެދު ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ.
Contrary to reports by some, the vote today at UN was a procedural vote whether to include R2P in 72UNGA, and not about Rohingya Muslims
— Maldives Mission NY (@MVPMNY) September 16, 2017