ސައުދިއރަބިޔާގައި އަންހެނުންނަށް ޚާއްޞަކޮށްގެން ހިންގާ ފިހާރަތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ހަމައެކަނި އަންހެނުންނަށް ޖައްސަން ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒުކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް ކޮމަރސް މިނިސްޓްރީން ބުނެފިއެވެ.
އެމިިސްޓްރީން ބުނީ މި ނިންމުމަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށާއި އަންހެނުންނަށް ބޭނުންވާ ފޭރާމާއި އެހެންވެސް ތަކެތި ވިއްކަން އަންހެނުންނަށް ޚާއްޞަކޮށްގެން ހިންގާ ފިހާރަތކުގައި ޚިދުމަތްދޭން އަންހެނުން ތިބުމުން ލިބޭނީ އިތުރު ކުރިއެރުން ކަމަށެވެ.
މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ އަންހެނުންނަށް ވަޒީފާ ލިބޭނެކަންވެސް ކޮމަރސް މިނިްސްޓްރީން ފާހަގަކުރެއެވެ. އެމިނިސްޓްރީން ބުނީ މިހާރުވެސް ބައެއް ފިހާރަތަކުން މި ޤަވާއިދަށް އަމަލުކުރަން ފަށައިފިކަމަށެވެ. އަދި ފިހާރަތަކުގައި އަންހެނުންނަށް މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމުކުރަން ކުރެވޭ މަސައްކަތްތައް ނިމުމުން ޤަވާއިދު ފުރިހަމައަށް ތަންފީޒުކުރަންފަށާނެ ކަމަށެވެ.