މިޔަންމާ އަސްކަރިއްޔާއިން އެހެން އަވަށަކަށް ވެސް ހަމަލާދެނީ- އެޗް.އާރް.ޑަބްލިއު

ކިޔުމަށް ހޭދަވާނީ 1މ 15ސ
މިޔަންމާ އަސްކަރިއްޔާއިން އެހެން އަވަށަކަށް ވެސް ހަމަލާދެނީ- އެޗް.އާރް.ޑަބްލިއު
މިޔަންމާ އަސްކަރިއްޔާއިން އެޤައުމުގެ މަންގްޑައޯ އަވަށަށް ވެސް ހަމަލާދޭން އަމާޒުކޮށްފައިިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗް.އާރް.ޑަބްލިއު) އިން އިއްޔެ ބުނެފިއެވެ.

އެޗްއާރްޑަބްލިއު އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަންގްޑައޯ އަވަށުގެ ބައެއް ސަރަޙައްދުތަކަށް ބަޑީގެ ހަމަލާ ދީފައިވާ ކަމަށް، މިހިނގާ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުއާއި 13 ވަނަ ދުވަހު ސެޓެލައިޓުން ދައްކާފައިވާ ކަމަށެވެ.
މީގެެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ ބުރުނީސް އަސްކަރިއްޔާ އިން، ބަންގްލަދޭޝް ބޯޑަރ ކައިރީގައި އޮންނަ، ރޮހިންޔާ އަވަށުގައި ރޯކޮށްލާފައިވަނީ ގަސްތުގައި ކަމަށެވެ.

އެޗްއާރްޑަބްލިއު އިން ހާމަކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާގޮތުގައި، މިދިޔަ އޯގަސްޓް މަހުގެ 25 އިން ފެށިގެން ސެޕްޓެމްބަރ މަހުގެ 14 އާއި ހަމަޔަށް،އާސަނުން (މިޔަންމާ އަސްކަރިއްޔާ އިން) އުތުރު ރަޚީނޭ ސްޓޭޓް ގެ 62 އަވަށަކަށް ހަމަލާދޭން އަމާޒުކޮށްފައިވެއެެވެ.

އެސެޓެލައިޓް ތަކުން ދައްކާ ގޮތުގައި އެހަމަލާތަކުގެ ސަބަބުންއޭގެ ތެރެއިން 35 އަވަށެއްގެ އުސް އިމާރާތްތަކެއް ވަނީ ހަލާކުވެފައެވެ. އަދި 27 އަވަށަކަށް އެހެނިހެން ހަމަލާތައް ދީފައިވާ ކަމަށް ވެސް ބަޔާނުގައިވެއެެވެ.

"އުތުރު ރަޚީނޭ ސްޓޭޓްގެ ރޮހިންޔާ އަވަށް އެއްކޮށް ހަލާކުކޮށްލާ އެއަަވަށުގައި ދިރިއުޅުން މުސްލިމުންވެސް މަރާ، އެއްބަޔަކު ޤައުމުން ބޭރުވެސް ކުރަމުން ދިޔަ މަންޒަރު އެސެޓެލައިޓް ފޮޓޯތަކުން ދައްކައެވެ" އެޗްއާރްޑަބްލިއު އޭޝިއާ ޑެޕިއުޓީ ފިލް ރޮބަރޓްސަން ބުންޏެވެ.
މިއަދު އޮންލައިން