އުރީދޫގެ އަހަރީ އާއްމު ޖަލްސާ އޮކްޓޯބަރ މަހު ބާއްވަނީ

ކިޔުމަށް ހޭދަވާނީ 54ސ
އުރީދޫގެ އަހަރީ އާއްމު ޖަލްސާ އޮކްޓޯބަރ މަހު ބާއްވަނީ
އުރީދޫ މޯލްޑިވްސް ގެ އަހަރީ ޖަލްސާ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ އުރީދޫ މޯލްޑިވްސް އިން ބުނީ އާއްމުންނަށް ހިއްސާ ވިއްކުމަށްފަހު ބާއްވާ ފުރަތަމަ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގައި ކަމަށެވެ.

އުރީދޫ މޯލްޑިވްސް ގެ އަހަރީ ޖަލްސާގެ ޔައުމިއްޔާގައި ހިމެނެނީ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި މިދިޔަ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި 2016 ވަނަ އަހަރުގެ އެކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި މިއަހަރަށް އޮޑިޓަރުން ހޮވާ އޮޑިޓަރުންގެ އުޖޫރަ ކަނޑައަލާ ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވާ އައްޔަނު ކުރުމެވެ.

މީގެއިތުރުން، އެއެޖެންޑާގައި އާންމު ހިއްސާދާރުން އައު ޑިރެކްޓަރެއް އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް ހޮވާ އައްޔަނު ކުރުން ވެސް ހިމެނެއެވެ.
މިއަދު އޮންލައިން