ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާ ރޮހިންޔާ މުސްލިމުންނަށް 14،000 ގެ އަޅައިދިނުމަށް ބަންގްލަދޭޝް ސަރުކާރުން ނިންމައިފިއެވެ. މީގެ އިތުރުން 2000 އޭކަރުގެ ސަރަހައްދެއްގައި އިތުރު ރިފިޔުޖީ ކޭމްޕެއް އަޅައި ދިނުމަށްވެސް ވަނީ ނިންމައިފައެވެ.
ބަންގްލަދޭޝް ސަރުކާރުން މިކަންކަން ހާމަކުރީ މިއަދުގެ ވަގުތެއްގައެވެ. ބަންގްލަދޭޝްއަށް ހިޖުރަކުރި ރިފިޔުޖީންގެ އަދަދު މިހާރުވަނީ 400،000 އަށް އަރައިފައެވެ.
ސަރުކާރުން ވަނީ ވަގުތީ ގެތައް 10 ދުވަހުގެ ތެރޭގައި ނިންމާނެކަމަށް ބުނެފައެވެ. މިއިނ ކޮންމެ ގެއެއް ވެސް އަޅަނީ 10 ވަރަކަށް ޢާއިލާއަށް އުޅެވޭ ވަރަށެވެ. ބަންގްލަދޭޝް އިން ވަނީ މިކަމުގައި އދ ގެ އެޖެންސީތަކުގެ އެހީތެރިކަމަށްވެސް އެދިފައެވެ.