ފުލުހުންނާއި ނުލައި ޚިދުމަތްދޭ ދުބާއީގެ ފުރަތަމަ ސްމާޓް ޕޮލިސް ސްޓޭޝަން ޝައިޚް މުޙައްމަދު ބިން ރާޝިދު ހުޅުއްވައި ދެއްވައިފިއެވެ.
މިސެންޓަރުގައި ފުލުހުންނެއް ނުތިބޭނެއެވެ. ނަމަވެސް 27 ޢާންމު ޚިދުމަތެއް ފޯރުކޮށްދޭނެއެވެ. ފުލުހުންނަށް މައްސަލަ ވެސް ހުށަހެޅޭނެއެވެ.
މައްސަލައެއް ހުށަހަޅައިފިނަމަ އެކަމެއް ފުލުހުންގެ ސަމާލުކަމަށް ގެނެސް ފިޔަވަޅު އެޅޭނެއެވެ. އަދި ޓްރެފިކްގެ މައްސަލަތައްވެސް ހައްލުކުރެވޭނެއެވެ.
ޝައިޚް މުޙައްމަދު ބިން ރާޝިދު ވަނީ މީހުން ގިނައިން ދިރިއުޅޭ އަދި ގިނަ މީހުން އެއްވެ އުޅޭ ސަރަހައްދުތަކުގައި މިފަދަ އިތުރު ސެންޓަރުތައް ޤާއިމުކުރުމަށް އަމުރުފުޅު ކުރައްވައިފައެވެ.