މިޔަންމާ ސަރުކާރާއި ބުދިސްޓުން އެޤައުމުގެ ރަޚީނޭ ސްޓޭޓް ރޮހިންޔާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކުން ސަލާމަތްވުމަށްޓަކައި، އަވައްޓެރި ބަންގްލަދޭޝް އަށް ދަތުރުކުރި މުސްލިމުންގެ އަދަދު މިހާރު 409،000 އަށް އަރައިފިކަމަށް އދ. ގެ އެންމެ ފަހުގެ ރިޕޯޓުތަކުން ބުނެފިއެވެ.
އދ. ގެ ރިޕޯޓުުން ބުނާ ގޮތުގައި މިހިނގާ ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހާއި ހަމަޔަށް 409،000 ރޮހިންޔާ މުސްލިމުން ބަންގްލަދޭޝް އަށް ދަތުރު ކޮށްފައިވާއިރު، އޭގެތެރެއިން 229،000 މީހުން ދިރިއުޅެނީ ކުޓުޕަލާންގް ކޮކްސް ބާޒާރުގެ އޫޚިޔާގައި ހަދާހުރި ކޭމްޕުގައެވެ. މީގެއިތުރުން 159،000 ރޮހިންޔާ މުސްލިމުން، އެމީހުން އަމިއްލައަށް ހަދާފައިވާ ކޭމްޕުގައި ދިރިއުޅެމުން އެބަގެންދެއެވެ.
މީގެ އިތުރުން އެރިޕޯޓުގައިވާ ގޮތުގެ މަތިން އެކި ޤައުމުތަކުން ރޮހިންޔާ މުސްލިމުންނަށް އެކިއެކި ގޮތްގޮތުން ަނީ އެހީތެރކަން ފޯރުކޮށްދީފައެވެ.