މިއީ ސޫކީއަށް ދޭ އެންމެ ފަހު ފުރުސަތު- ޔޫއެން

ކިޔުމަށް ހޭދަވާނީ 1މ 4ސ
މިއީ ސޫކީއަށް ދޭ އެންމެ ފަހު ފުރުސަތު- ޔޫއެން
މިޔަންމާގެ ސަރުކާރާއި ބުދިސްޓުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް، އެޤައުމުގެ ވެރިކަމުގައި ހުރިި އަންގް ސަން ސޫކީއަށް ދޭ މިއީ އެންމެފަހު ފުރުސަތުކަމަށް ޔުނައިޓެޑް ނޭޝަންސް ގެ ޗީފް އެންޓޯނިއޯ ގަތަރޭޒް ވިދާޅުވެއްޖެއެވެ.

ބީބީސީ އަށް ދިން ޚާއްސަ އިންޓަވިއު އެއްގައި އެންޓޯނިއޯ ވިދާޅުވެފައިވަނީ، ސޫކީ އެހަމަލާތައް ހުއްޓުވާ އެކަން ރަނގަޅަށް ނުބަލައިފިނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށެވެ.

"މިހާރުން ފެށިގެން އޭނާ އެހަމަލާތައް ނުހުއްޓުވައިފިނަމަ، ހަމަލާތައް އިތުރު ވެގެން ގޮސް އެތަންތައް ފަހުން މާބޮޑު ވެސް ވެދާނެ. އެއިރުންދެން އެ ހަމަލާތައް ހުއްޓުވަން އުނދަގޫވާނެ" ޔޫއެން ގެ ޗީފް ވިދާޅުވިއެވެ.

ޔޫއެން އިން ކުރިންވެސް ދީފައިވާ އިންޒާރާއިމެދު މިޔަންމާ ސަރުކާރުން ބުނެފައިވަނީ، ހަމަލާތައް ދީފައިވަނީ ހަމައެކަނި އެހެން އަސްކަރިއްޔާތަކުން މިދިޔަމަހު ފަހުކޮޅު، މިޔަންމާއަށް ދީފައިވާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ. އަދި އެޤައުމުގެ އެއްވެސް ރައްޔިތަކަށް އަމާޒުކޮށްގެން ހަމަލާ ނުދޭ ކަަމަށް ވެސް މިޔަންމާ އިން ވަނީ ބުނެފައެވެ.

ޔޫއެން ގެ ޗީފް އެންޓޯނިއޯ ގަތަރޭޒް ވިދާޅުވެފައިވަނީ، މިޔަންމާއިން ހަމަލާދީ އެޤައުމުން ފައްސާލާފައިވާ ރޮހިންޔާ މުސްލިމުން، އަނބުރާ މިޔަންމާއަށް ދާން ހުއްދަ ދޭން ޖެހޭ ކަމަށެވެ.

މިއަދު އޮންލައިން