ދުބާއީގެ ޔަސް އައިލަންޑްގައި 400 ދިރްހަމް ހޭދަކުރި މަންމައަކަށް 1 މިލިއަން ދިރްހަމްގެ ހަދިޔާއެއް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ދުބާއީގެ ޔަސް އައިލަންޑްގައި 400 ދިރްހަމް ހޭދަކުރި މަންމައަކަށް 1 މިލިއަން ދިރްހަމްގެ ހަދިޔާއެއް
2 ދަރިންގެ މަންމައަށް ފުރަތަމަ ދައުވަތު ލިބުނީ ޔަސް އައިލަންޑްގައި ޗުއްޓީއެއް ހޭދަކޮޅުމަށެވެ. ދައުވަތު ޤަބޫލުކޮށް އޭނާ އެރަށަށް ދިއައީ ދެ ދަރިންނާއި ފިރިމީހާވެސް ގޮވައިގެންނެވެ.

އޭނާއަށް ލިބުނު ދައުވަތުގައި ހިމެނޭ އެއް ދުވަސް އާއިލާ އާއިއެކު ހޭދަކުރީ ވަރަށް އުފަލުގައެވެ. ހުރިހާ ކަމެއް "ފްރީކޮށް އޮތުމުން ރިޒޯޓުގެ އެންމެ އަގު ބޮޑު ޚިދުމަތްތައްވެސް ޢާއިލާއިން ވަނީ ލިބިގަނެފައެވެ.

އޭނާގެ ސިކުނޑި ގޮއްވައިލީ ކުޑަ ރަސްމިއްޔާތެއް ބާއްވައި އޭނާއަށް 1 މިލިއަން ދިރުހަމްގެ ޗެކެއް ހަދިޔާކުރުމުންނެވެ. އެއީ އެރިޒޯޓުގައި ކުރިއަށް ގެންދިއަ ކެންޕޭނެއްގެ ތެރެއިންނެވެ. ކެންޕޭނުގައި ބައިވެރިކޮށްފައިވަނީ ޕްރަމޯޝަނުގެ ދުވަސްވަރު ރިޒޯޓުގައި ޚިދުމަތް ހޯދުމަށްފަހު 400 ދިރުހަމް ހޭދަކޮށްފައިވާ ފަރާތްތަކެވެ.

އުރުދުންގެ ޢާއިލާއަކަށް ނިޞްބަތްވާ ރިހާމް ޖައްރާރު ބުނީ އެ އިނާމު އެނާ ވަރަށް ބޮޑަށް ސިއްސުވާލައިފިކަމަށެވެ. އަދި އެއިގެ ބޭނުން ހިފާނީ އެންމެ ހެޔޮގޮތުގައި ކަމަށެވެ.
މިއަދު އޮންލައިން