ވީޑިއޯ: ބިރުގަންނަވީ ބިރުވެރިކަމެއް ފެނުމަކުން ނޫނެވެ. ބިރުވެރިކަން ފެންނާނެ ދުވަހަށެވެ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ވީޑިއޯ: ބިރުގަންނަވީ ބިރުވެރިކަމެއް ފެނުމަކުން ނޫނެވެ. ބިރުވެރިކަން ފެންނާނެ ދުވަހަށެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު ބިރުގަންނަނީ ބިރުވެރިކަމެއް ލޮލަށް ފެނުމުންނެވެ. ނުވަތަ ބިރުވެރި ވާހަކައެއް މީހަކު ކިޔައިދިނުމުންނެވެ. ނަމަވެސް އެއިން އެއްވެސް ބިރުގަތުމަކީ ޙައްލެއް ނޫނެވެ.

ތިމާއަކީ ބިރުވެރިކަމާއި އަޒާބުލިބުމުން ސަލާމަތްވާން ބޭނުން މީހަކު ނަމަ ބިރުވެތިވާންވީ މާތް ﷲ އަށެވެ. މަރުވުމަށްފަހު ތިމާ އާއި ކުރިމަތިވާނެ ކަންތައްތަކަށެވެ.

ދުނިޔޭގައި ފެންނަ ބިރުވެރި ކަންކަމުން ސަލާމަތްވެވިދާނެއެވެ. މާތް ﷲ މިންވަރު ކުރެއްވެވި މީހަކަށެވެ. ބިރުވެރިކަމުން މާތް ﷲ ސަލާމަތް ކޮށްދެއްވަވަނީ އެކަމުން އިބްރަތް ހާޞިލުކޮށް ތައުބާވެ އަމަލުތައް އިޞްލާޙްކުރުމަށް ފުރުޞަތު ދެއްވެވުމަށެވެ.

އެފުރުޞަތުގެ ބޭނުން ނުހިފާ މީހާ ޤިޔާމަތް ދުވަހުން ދައްކާނީ ކޮން މޫނެއް ހެއްޔެވެ. ކުރިމަތިލާންޖެހޭނީ ދާއިމީ ބިރުވެރިކަމާއި ގަދަފަދަ އަޒާބާއި ނޫންތޯއެވެ!

ބިރުވެރި ވީޑިއޯއެއް!
މިއަދު އޮންލައިން