ފަޚުރުވެރިވެލާފައި އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށް ބުނަމުއެވެ. އެމޭރުމުން ބުނަމުން ތިމާ އެންމެ ބޮޑަށް އޯގާތެރިކަން ފޯރުކޮށްދޭންޖެހޭ ތިމާގެ އަނބިންނަށް މިވަރަށް އަނިޔާކުރާއިރު ތިމާގެ އިސްލާމްކަން ކޮބައިބާވައެވެ!
ޚަބަރުގައިވާ ވީޑިއޯގައި ފެންނަ އަންހެނަކީ ސީރިޔާގެ އަންހެނެކެވެ. އޭނާއަށް އެފަދަ އަނިޔާތައް ކުރަނީ އޭނާގެ ބަހްރައިން ފިރިމީހާއެވެ. އޭނާގެ މި ވީޑިއޯ ހާމަވުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އޭނާ ބުނާ ގޮތުން މިއީ މިފަދައިން އަނިޔާކުރި ފުރަތަމަ ފަހަރެއް ނޫނެވެ.
ދެމަފިރިންނަށް ވަނީ 5 ދަރިން ލިބިފައެވެ. ދަރިންނަށްޓަކައިވެސް އަނބިމީހާގެ މައްޗަށް އެއްވެސް ރަހުމެއް ކުލުނެއް ނެތުމަކީ ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ! ޚާއްޞަކޮށް މުސްލިމުން ކަމަށްވާހިނދުގައެވެ!
ޚަބަރާއި ގުޅުންހުރި ވީޑިއޯ: