އިސްލާމް ދީނުގެ ފަތުވާ ދޭތީ ރޮހިންޔާ 10 އިލްމުވެރިންގެ ދޫތައް ބުރިކުރި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އިސްލާމް ދީނުގެ ފަތުވާ ދޭތީ ރޮހިންޔާ 10 އިލްމުވެރިންގެ ދޫތައް ބުރިކުރި
ރޮހިންޔާގެ މުސްލިމުންނަށް ދީނީ ފަތުވާދޭތީ ރޮހިންޔާ މުސްލިމުންގެ އިލްމުވެރިންގެ ޖަމާއަތެއްގައި ހިމެނޭ 10 އިލްމުވެރިންގެ ދޫ ބުރިކޮށް ޝަހީދުކުރިއެވެ.

ރޮހިންޔާ މުސްލިމުންގެ ތެރޭގައި ޓެރަރިސްޓުން ތިބިކަމަށް ދަގަނޑު ސޫކީގެ ސަރުކާރުން އެބުނަނީ މިއަނިޔާވެރި އަމަލާއި ދެކޮޅަށް ބައަކު ނުކުތުމުންނެވެ.

އެއްވެސް ދީނެއްގެ ބައެއްގެ މެދުގައި އެމީހުންގެ ދީން ފަތުރައި ކުރިއަރުވަން މަސައްކަތްކުރުމަކީ ކުށެއް ކަމަށް ބަޔާންކުރާ ޤާނޫނެއް ދުނިޔޭގެ އެއްވެސް ޤައުމެއްގައި ނުއޮވެއެވެ. އަދި އެފަދަ ޤާނޫނެއް ދުނިޔޭގެ އެއްވެސް ޖަމާއަތަކުން ފާސްކޮށްފައެއްވެސް ނުވެއެވެ.

ކަންކަން މިހެން އޮތް ނަމަވެސް މިޔަންމާގެ ވެރިކަމުގައި ހުރި ދަގަނޑު ސޫކީގެ ސަރުކާރުގެ އަމަލުތައް ވަރަށް ތަފާތެވެ. ރޮހިންޔާ މުސްލިމުންނަށް އެއްވެސް އިލްމެއް ލިބުމަކީ މަނާ ކަމެކެވެ. އެގޮތުން ދީނީ އިލްމު އުނގެނުންވެސް ވަނީ މަނާކޮށްފައެވެ.

އދ އާއި އެހެން ޖަމާއަތްތަކުންވެސް ބާރު އަޅަނީ ތައުލީމު ލިބުމަށެވެ. އިންސާނުންނަށް ތައުލީމުދީ ކުރިއެރުވުމަށެވެ. އެހެންކަމުން ދަގަނޑު ސޫކީގެ ނިންމުމަކީ އެއްވެސް ގޮތަކުން ބަލައި ގަނެވޭނެ ކަމެއް ނޫނެވެ.
މިއަދު އޮންލައިން