ފޭސްބުކް މެދުވެރިކޮށް "އުރީދޫ ނެކްސްޓް" ގެ ޚިދުމަތް ތަޢާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ފޭސްބުކް މެދުވެރިކޮށް "އުރީދޫ ނެކްސްޓް" ގެ ޚިދުމަތް ތަޢާރަފްކޮށްފި
މުޅި ދުނިޔެއަށް މައްޝޫރު ސޯޝަލް މީޑިއާ އެޕް އެއް ކަމަށްވާ ފޭސްބުކް މެސެންޖަރ މެދުވެރިކޮށް، "އުރީދޫ ނެކްސްޓް" ގެ ނަމުގައި މުޅިން އައު ޚިދުމަތެއް އުރީދޫ އިން މިއަދު ތަޢާރަފްކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މިއަދު އުރީދޫގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ، އަލަށް ތަޢާރަފް ކުރެވުނު "އުރީދޫ ނެކްސްޓް" ޚިދުމަތް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށް ވެސް ފޭސްބުކް މެސެންޖަރ އިން އެކުންފުންޏާއި ބެހޭ ތަފާތު އެކިއެކި މަޢުލޫމާތު ލިބޭނެކަމަށެވެ. އަދި މިނެޓްވޯކް ހިންގަނީ އާޓިފިޝަލް އިންޓެލިޖެންސާއި މެޝިން ލަރނިން ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމެއްގެ އެހީގައި ކަމަށް ވެސް ނަޖީބު ވިދާޅުވިއެވެ.

"ކަސްޓަމަރުންގެ ބޭނުންތަކަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ މިޕްލެޓްފޯމް މެދުވެރިކޮށް އުރީދޫއަށް ލިބިގެންދާނީ ކަސްޓަމަރުންނާއިއެކު މުއާމަލާތް ކުރަން މުޅިން އައު ގޮތެއް" އުރީދޫގެ ސީއީއޯ ނަޖީބު ވިދާޅުވިއެެވެ.

މުސްތަޤްބަލުގައި ވެސް އުރީދޫއިން ތަޢާރަފްކުރާ ހިދުމަތްތައްވެސް، އެނެޓްވޯކް މެދުވެރިކޮށް ހޯދޭނެ ގޮތް ފޭސްބުކް އާއި ގުޅިގެން ހަދާނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ. އަދި "އުރީދޫ ނެކްސްޓް" ބޭނުން ކުރަން އިތުރު އެޕްލިކޭޝަނެއް ޑައުންލޯޑް ކުރަން ނުޖެހޭނެ ކަމަށް ވެސް އެކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.
މިއަދު އޮންލައިން