މިޔަންމާގެ ރަޚައިން ސްޓޭޓްގައި އެޤައުމުގެ ސަރުކާރާއި ބުދިސްޓުން ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން، މިޔަންމާގެ އަސްކަރިއްޔާއަށް ހިންގާ ތަމްރީން ޕްރޮގްރާމްތައް ސަސްޕެންޑް ކުރުމަށް ބްރިޓެން އިން ނިންމައިފިއެވެ.
އިންސާނީ ޙައްޤުތަކާއި މޮނީޓަރުންނާއި މިޔަންމާ ދޫކޮށް ގޮސްފައިވާ ރޮހިންޔާ މުސްލިމުން ބުނިގޮތުގައި، މިޔަންމާ ސަރުކާރާއި އަސްކަރިއްޔާއިން ނިންމާފައި ހުރީ އެޤައުމުން ހުރިހާ މުސްލިމުން ހުސްކުރުމަށެވެ.
"ރަޚައިން ސްޓޭޓްގައި ހިނގަމުންދާ ލާއިންސާނީ ހަމަލާތަކަށް އަލިވަޅުވާލަމުންނާއި އިންސާނީ ޙައްޤުތަކަށް ދޭ އަޙައްމިއްޔަތުގެ ބޮޑުކަމުން، މިހާރު ބުރުނީސް އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ ހަމަލާތަކަށް އެދެވޭ ހައްލެއް ނުގެންނަނީސް ކުރިން ދޭން ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމްތައް ނުދީ ސަސްޕެންޑް ކުރުމަށް ނިންމައިފިން" ބްރިޓެންގެ ތަރުޖަމާނެއް ނެރެފައިވާ ބަޔާނެއްގައިވެއެވެ.
މީގެއިތުރުން އެބަޔާނުގައިވަނީ ރަޚައިން ސްޓޭޓަށް ދެމުން ގެންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ ކަމަށާއި މިޔަންމާގައި މިނިވަންކަމާއިއެކު ދިރިއުޅުގެ ފުރިހަމަ ޙައްޤު ހުރިހާ ރައްޔިތުންނަށް ވެސް ދިނުމަށް ގޮވާލާކަމަށެވެ.