މާލޭ ޕްރިޒަން ބަލިކޮށް, މާފުށި ޕްރިޒަން ދެވަނަބުރު ޔަގީން ކޮށްފި.

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
މާލޭ ޕްރިޒަން ބަލިކޮށް,  މާފުށި ޕްރިޒަން ދެވަނަބުރު ޔަގީން ކޮށްފި.
ހިންމަފުށީގައި ކުރިއަށްދާ ''ޕީއާރުސީ ފުޓްބޯޅަ ޓޯނަމަންޓް 2017'' ގައި މާލޭ ޕްރިޒަން އަތުން ފަސޭހަކަމާއެކު ބަލިކޮށް، މާފުށީ ޕްރިޒަން ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފިއެވެ.

ހިންމަފުށީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރުކުޅުނު މެޗްގައި މާލޭ ޕްރިޒަންގެ މައްޗަށް މާފުށީ ޕްރިޒަން ކުރިހޯދީ 5-0 ލަނޑުންނެވެ.

އެނަތީޖާއާއެކު ކުޅުނު ތިންމެޗުން ލިބުނު ނުވަ ޕޮއިންޓާއެކު މާފުށި ޕްރިޒަން އޮތީ ޕޮއިންޓް ޓޭބަލްގެ އެއްވަނައިގައެވެ. ޓީމް އައްސޭރި 3 ޕޮއިންޓާއެކު، ޕޮއިންޓް ޓޭބަލްގެ ދެވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ދެވަނަބުރުގެ ޖާގަ ކަށަވަރު ކުރުމުގެ ފުރުސަތު އީއެސްޖީ އަށާއި ޓީމް އެޗްކިއުއަށްވެސް އަދި މާލޭ ޕްރިޒަން އަށްވެސް އެބައޮތެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި މާފުށި ޕްރިޒަން އަށް ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ. ނަމަވެސް ފަހު ހާފުގައި މާފުށީ ޕްރިޒަން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މިމެޗްގައި މާފުށީ ޕްރިޒަން ޓީމުގެ ހުސައިން މުހައްމަދުވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކެއް ހަދާފައެވެ. އަދި ޖައިލަމް ޖަމީލުވަނީ ދެލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާފުށި ޕްރިޒަން ޓީމުގެ ހުސައިން މުހައްމަދުއެވެ.

މި މުބާރާތުގެ މެޗެއް މިއަދު ހަވީރުވެސް އޮވެއެވެ. ބައްދަލުކުރާނީ އީއެސްޖީ އާއި ޓީމް އެޗްކިއުއެވެ.
މިއަދު އޮންލައިން