ޗައިނާގެ ހޮސްޕިޓަލެއްގެ ދޮރުމަތީގައި ޕާކުކޮށްފައިހުރި ބައިސްކަލްތަކެއް އުކާލައިފި

ކިޔުމަށް ހޭދަވާނީ 44ސ
ޗައިނާގެ ހޮސްޕިޓަލެއްގެ ދޮރުމަތީގައި ޕާކުކޮށްފައިހުރި ބައިސްކަލްތަކެއް އުކާލައިފި
ޗައިނާގެ ހޮސްޕިޓަލެއްގެ ދޮރުމަތީގައި ޕާކުކޮށްފައިހުރި ބައިސްކަލްތަކެއް އުކާލައިފިއެވެ.

ބެއިޖިންގ ގެ ހޮސްޕިޓަލެއްގެ އިމަރޖެންސީ ދޮރުމަތީގައި ޕާކުކޮށްފައި ހުރި މި ބައިސްކަލްތައް އުކާލީ އެ ހޮސްޕިޓަލަށް އަންނަ މީހުންނަށް ވަދެ ނުކުމެވާން އުނދަގޫވާތީއެވެ. ޚާއްސަކޮށް ކުއްލި ހާލަތްތަކުގައި ވަދު ނުކުމެ އުޅުމަށް އުނދަގޫވާތީއެވެ.

އެ ހޮސްޕިޓަލުން ބުނީ އެ ސަރަހައްދުގައި ޕާކު ކުރުން މަނާ ބޯޑު ޖަހާފައިވާނެ ކަމަށާއި ނަމަވެސް މިހާރަކަށް އައިސް އެ ސަރަހައްދުގައި ޕާކު ކުރުން އިތުރުވެފައިވާ ކަމަށެވެ. އަދި ސަރަހައްދު ބަލަހައްޓާ މީހުން ބުނުމުންވެސް އެކަން ނުހުއްޓާ ކަމަށެވެ.

އެހެންކަމުން އެކަމަށް ހައްލު ލިބެން އޮތީ އެގޮތަށް ކަންތައް ކޮށްގެން ކަމަށާއި އެހެންވެ އެގޮތަށް ކަންތައްކުރީ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނިކަމަށް ޗައިނާގެ ޚަބަރުފަތުރާ ވަސީލަތްތައް ބުނެއެވެ.
މިއަދު އޮންލައިން