ސައޫދީގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ އަންނަ އަހަރުދިނުމަށް ނިންމައިފިއެވެ.
އެ ޤައުމުގެ އައު ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ބާރުއެޅުމާއެކު، 27 އަހަރަށްފަހު އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދޭން ނިންމާފައިވަނީ އަންނަ އަހަރުގެ ޖޫން 23 ން ފެށިގެންނެވެ.
އަންހެނުން ކާރު ދުއްވުން މަނާ ހަމައެކަނި ޤައުމަކީ ސައުދީ އަރަބިއްޔާ ކަމަށްވާ އިރު، މީގެ ކުރިން އެކަމާ ގުޅިގެން ބައިނަލްއަޤުވާމީ ގޮތުން އެތަކެއް ފިއްތުންތަކެއް ވަނީ ކުރިމަތިވެފައެވެ.
މި ހުއްދަ ދޭން ނިންމުމުން ގިނަ ބަޔަކު އަންނަނީ އެކަމާއި ސޯޝަލް މީޑިއާގައި އުފާފާޅުކުރަމުންނެވެ.