ޓްރަމްޕްގެ އޭސިއާ ދަތުރު- އުތުރު ކޮރެއާއަށް ހަމަލަދޭން ތައްޔާރުވަނީ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޓްރަމްޕްގެ އޭސިއާ ދަތުރު- އުތުރު ކޮރެއާއަށް ހަމަލަދޭން ތައްޔާރުވަނީ؟
އެމެރިކާގެ ރައީސް ޓްރަމްޕް އޭސިއާގެ 5 ޤައުމަކަށް ދަތުރެއް ކުރަން ނިންމައިފިއެވެ. ވައިޓް ހައުސް އިން ބުނެފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުން 14 ވަނަ ދުވަހަށް ކުރިއަށް ގެންދާ މި ދަތުރުގައި ޖަޕާން، ދެކުނު ކޮރެއާ، ޓައިވާން، ފިލިޕީންސް އަދި ޗައިނާއަށް ދާނެ ކަމަށެވެ.

މިދަތުރާއި ބެހޭގޮތުން މާގިނަ މައުލޫމާތުތަކެއް ހާމައެއް ނުކުރެއެވެ. އަނބި ޔަހޫދީ މެލާނިއާ ގޮވައިގެން ކުރާ މިދަތުރުގައި މެނިލާ ސަމިޓުގައި ބައިވެރިވާނެ ކަމަށް ވަނީ ބެލެވިފައެވެ. ދަތުރުގައި ކުރިއަށް ގެންދާނީ އިޤްޠިޞާދީ އެޖެންޑާ ކަމަށް ވައިޓް ހައުސް އިން ބުނެއެވެ.

ވައިޓް ހައުސްގެ ވާހަކަތައް މިމޭރުމުން ހުރި ނަމަވެސް ބޮޑަށް ބެލެވެނީ މި ދަތުރުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އުތުރު ކޮރެއާއަށް ހަމަލާދޭނެ ގޮތަކާއިމެދު މަޝްވަރާކުރުމަށް ކަމަށެވެ.

އެމެރިކާގެ ބިރަށް ޗައިނާއިން ފަހެއް ނުޖެހޭނެއެވެ. ނަމަވެސް ދެންހުރި ޤައުމުތަކުން ދޫތަކެއް ދޭނެ ކަމަށް ބެލެވެއެވެ. އެމެރިކާ އާއި އެންމެ ބޮޑަށް ޚިޔާލު ތަފާތު އެއްޤައުމުކަމަށްވާ ފިލިޕިންސްގެ ޚާރިޖީ ވަޒީރު ބުނެފައިވަނީ ދެ ޤައުމުގެ ޚިޔާލު ކިތަންމެ ތަފާތު ނަމަވެސް ޓްރަމްޕަށް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި މަޝްވަރާވެސް ކުރާނެ ކަމަށެވެ.
މިއަދު އޮންލައިން