އަންހެނުން ކާރު ދުއްވާނަމަ ކާރު އަންދާލާނެކަމަށް ބުނާ ސައުދީ ޒުވާނަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އަންހެނުން ކާރު ދުއްވާނަމަ ކާރު އަންދާލާނެކަމަށް ބުނާ ސައުދީ ޒުވާނަކު ހައްޔަރުކޮށްފި
އަންހެނުން ކާރު ދުއްވަނިކޮށް ފެނިއްޖެނަމަ އެކާރެއް އަންދައިލާނެކަމަށް ބުނާ ސައުދީ ޒުވާނަކު ހައްޔަރުކޮށްފިއެވެ. އުމުރުން 20 އަހަރުގެ ޒުވާނާ ޢާންމުކުރި ވީޑިއޯ ކްލިޕެއްގައި ބުނެފައިވަނީ ސައުދިއަރަބިޔާގައި އަންހެނުންނަށް ކާރު ނުދުއްވޭނެކަމަށެވެ.

އޭނާގެ ވީޑިއޯ އާއި ގުޅިގެން ބައެއް މީހުން ބުނެފައިވަނީ އަންހެނުންނަށްވެސް ކާރު ދުއްވެން ޖެހޭނެ ކަމަށާއި ކާރު ދުއްވުމަކީ އިސްލާމް ދީނުގައި އަންހެނުންނަށް މަނާކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

ސައުދިއަރަބިޔާގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަދިނުމަށް ދަނީ ތައްޔާރުވަމުންނެވެ. އެއްބައަކު އެކަމަށް ތާއީދުކުރާއިރު އަނެއް ބައަކު ބުނަނީ އެކަމުގެ ސަބަބުން ނުކުމެދާނެ މައްސަލަތައް ގިނަ ކަމަށެވެ.

ކާރު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދިނުމާއިމެދު ދީނީ އިލްމުވެރިންގެ މެދުގައިވެސް ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. ވީޑިއޯ ކްލިޕް ޢާންމުކުރި ޒުވާނާ ބުނެފައިވަނީ އެކަންކުރީ އެކަމަށް އޭނާ ނަފްރަތުކުރާތީ ކަމަށެވެ. އެއްވެސް ހާލެއްގައި ބައަކަށް އަނިޔާކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ.
މިއަދު އޮންލައިން