އޮސްޓްރިއާގައި މިއަދުން ފެށިގެން މޫނު ބުރުގާ އަޅައިގެން މަގުމައްޗަށް ނުކުމެ އުޅުން މަނާކޮށްފިއެވެ.
އޮސްޓްރިއާގެ އާބާދީއަކީ 9 މިލިއަނެވެ. މުސްލިމުންގެ އަދަދަކީ އެންމެ 700،000 އެވެ. މުސްލިމުންގެ ތެރެއިން މޫނު ބުރުގާ އަޅަނީ ގިނަވެގެން ޖުމުލަ 150 އެއްހައި އަންހެނުންނެވެ.
އޮސްޓްރިއާ ސަރުކާރުން ވެސް ބުނެފައިވަނީ މޫނު ބުރުގާ މަނާކުރީ ޤައުމީ ސަލާމަތަށްޓަކައި ކަމަށެވެ. އަދި ޤައުމުގައި އިޖުތިމާޢީ ހަމަހަމަކަން ޤާއިމުކުރުމަށް ކަމަށެވެ.
އޮސްޓްރިއާ ސަރުކާރުން އޮސްޓްރިއާގައި ބިކިނީގައިވެސް އަންހެނުން އުޅެއެވެ. ޢާންމު ތަންތަނުގައިވެސް އެފަދަ ނިވައިކަނކުޑަ ހެދުމުގައި އަންހެނުން އުޅެއެވެ. އިޖުތިމާޢީ ހަމަހަމަކަން ޤާއިމުކުރަން ބުރުގާ ނަންގުވާއިރު ހުރިހާ އަންހެނުން ބިކިނީގައި އުޅެން މަޖުބޫރުނުކުރާ ސަބަބެއް ނުބުނެއެވެ.
އޮސްޓްރިއާގެ ރިޔާސީ އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ މިމަހު 15 ގައެވެ. ބެލެވޭ ގޮތުން މިއީ ވެރިކަންކުރާ ޕާޓީއަށް ވޯޓު އިތުރުކުރަން ކުރި ކަމެކެވެ.