މިދިއަ އަހަރު ކަޝްމީރުގައި ހިންގި ހަމަނުޖެހުންތައް ކުރިއަށް ގެންދަނިކޮށް އުމުރުން 14 އަހަރުގެ އިންޝާ މުސްތާޤް ގޭގެ ކުޑަދޮރު ހުޅުވައިލީ މަގުމަތީގެ ހާލަތު ބަލައިލުމަށެވެ. ކުޑަދޮރު ހުޅުވައިލުމާއިއެކު މަގުމަތީގައި ހުރި އިންޑިއާ ސިފައިންގެ މީހާ، އޭނާގެ އަތުގައި އޮތް ޕެލެޓް ބަޑީގެ ވަޒަންތައް ފޮނުވައިލިއެވެ.
އިންޝާއަށް ހީވީ ޤިޔާމަތްވީހެންނެވެ. ލޮލަށް ވޒަން އެރީއެވެ. ހިފެހެއްޓުުމެއްނެތި ލޭ އޮހޮރެން ފެށިއެވެ. ފަރުވާއެއް ލިބޭތޯ ސރީނަގަރުގެ ހޮސްޕިޓަލަކަށް ގެންދވުނެވެ. އެއިރުވެސް ލޭ ފައިބައެވެ. ޑޮކްޓަރުންގެ ޓީމަށް ލޭ ކޮންޓްރޯލްކުރެވުނީ އެތައް އިރެއް ފަހުންނެވެ.
ވަޒަން އެރި ވަގުތުން ފެށިގެން އިންޝާގެ ދެލޯ ވަނީ އަނދިރިވެފައެވެ. އިންޝާގެ މުޅި އުމުރު ދެން ހޭދަކުރަންޖެހޭނީ ލޮލަށް ނުފެންނަ ކަނު މީހެއްގެ ގޮތުގައެވެ. ކަޝްމީރުގެ އެތައް ހާސް މުސްލިމުންނަށް މިއަދު ވަނީ މިފަދަ އެތައް މައްސަލަތަކެއް ކުރިމަތިވެފައެވެ.
ޕެލެޓް ބަޑިން ހަމަލާ ދިނުމަކީ މަނާކަމެއް ނަމަވެސް ޓިޔުނީސިއާ، މިޞުރު އަދި ޔޫއޭއީގައި އެއްވުންތައް ރޫޅައިލުމަށް ޕެލެޓް ބަޑި ބޭނުންކުރެއެވެ.