ތުއްތު ކުދިންނަކީ ކުދި ޓެރަރިސްޓުން ކަމަށް ބުނެ ރޮހިންޔާ މުސްލިމުންނަށް އަނިޔާކުރި ލަންކާގެ 6 ހާމުދުރުން ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ތުއްތު ކުދިންނަކީ ކުދި ޓެރަރިސްޓުން ކަމަށް ބުނެ ރޮހިންޔާ މުސްލިމުންނަށް އަނިޔާކުރި ލަންކާގެ 6 ހާމުދުރުން ހައްޔަރުކޮށްފި
މިޔަންމާގެ ވެރިކަމުގައި ހުރި ދަގަނޑު ސޫކީގެ ހާމުދުރުން ކޮޕީކޮށް ވަލު ޖަނަވާރު ފަދައިން ސްރީލަންކާގައި ތިބި ރޮހިންޔާ މުސްލިމުންނަށް އަނިޔާކުރި ލަންކާގެ 6 ހާމުދުރުން ހައްޔަރުކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އދ އާއި ލަންކާ ސަރުކާރުން ހިންގާ ރިފިޔުޖީ ކޭމްޕަށް ވަދެގަނެ ހާމުދުރުން ވަނީ ވަލު ޖަނަވާރުތައް ފަދައިން ރޮހިންޔާ މުސްލިމުންނަށް އަނިޔާކޮށް ކޭންޕުން ބޭރުކޮށްލައިފައެވެ. ތުއްތު ކުދިންނަށް އަނިޔާކުރަމުން މިއީ "ކުދި ޓެރަރިސްޓުން" ބުނެ ހިތުހުރި ގޮތެއް ވަނީ ހަދައިފައެވެ.

އެކަންކަމާއި ގުޅިގެން އދ އާއި ދުނިޔޭގެ ނަފްރަތު ވަނީ ސްރީލަންކާއަށް އަމާޒުވެފައެވެ. ތަމަޅައިންނަށް ލަންކާ ސިފައިން ކޮށްފައިވާ އަނިޔާތަކާއި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލަތައް ހޫނުކމާއިއެކު ކެކިކެކި ހުއްޓައި ހާމުދުރުން ހިންގި މި އަމަލުތަކަށް ކިޔާނެ ނަމަކާއިމެދު ވެސް ވަނީ ސުވާލު އުފައްދައިފައެވެ.

ސްރީލަންކާގެ މުސްލިމުންނަށް އަނިޔާކުރުމާއި މުސްލިމުންގެ އަވަށްތަކާއި ގެދޮރު އެންދުމަކީ މިހާރު ސްރީލަންކާގައި ވަރަށް ޢާންމު ކަމެކެވެ. މިފަދަ ކަންކަމުގައި އިސްވެ ތިބެނީ ހާމުދުރުންނެވެ. އެމީހުންނާއިމެދު އެއްވެސް ފިޔަވަޅެއް މިހައިތަނަށް އަޅައިފައެއް ނުވެއެވެ.

މިފަހަރު އެ ނުލަފާ ހާމުދުރުންގެ ބައަކު މި ހައްޔަރުކުރީ ދުނިޔޭގެ ފެންވަރުގައި މިވަގުތު ރޮހިންޔާ މުސްލިމުންނަށް ދެވިފައިވާ ސަމާލުކަން ބޮޑުކަން ބޮޑުކަމުން ދުނިޔޭގެ ޕްރެޝަރަށް ކެތް ނުކުރެވިގެންނެވެ.

ލަންކާގެ ހާމުދުރުން އެ ޤައުމުގައި ތިބި މުސްލިމުންނަށް އަމާޒުކޮށް ވަރުގަދަަ ހަމަލތައް ދޭންފެށީ ރައީސް ރާޖަޕަކްސަގެ ކިބައިން ހިތްވަރު ލިބިގެން ކަމަށް ބެލެވެއެވެ. އެއީ ޢާންމު އިންތިޚާބުގައި ސިންގަޅައިންގެ ތާއީދު ހޯދުމަށް ހިންގުވި ލާއިންސާނީ ޖަރީމާތަކެކެވެ. އެކަންކަމަށް މާތްﷲ ވަނީ ރާޖަޕަކްސައަށް ހައްޤު އަދަބު ދެއްވަވައި އެވަރުގަދަ ވެރިކަން ނިމުމަކަށް ގެންނަވައިފައެވެ.

މިއަދު އޮންލައިން