މި ސީޒަންގެ ނިޔަލަށް ތިނަދޫ ޓީމަށް އިރުޝާދު ދިނުމަށް ސުޒޭން ހަމަޖައްސައިފި

ކިޔުމަށް ހޭދަވާނީ 59ސ
މި ސީޒަންގެ ނިޔަލަށް ތިނަދޫ ޓީމަށް އިރުޝާދު ދިނުމަށް ސުޒޭން ހަމަޖައްސައިފި
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ މި ސީޒަންގެ ނިޔަލަށް ގދ. ތިނަދޫ ޓީމަށް އިރުޝާދު ދިނުމަށް ޢަލީ ސުޒޭން ހަމަޖައްސައިފިއެވެ.

ސުޒޭން ވަނީ އެ ޓީމާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ރާއްޖޭގެ ފުޓްބޯޅައިގާ ނަން ހިނގާ ޓީމުތައް ކަމަށްވާ ވިކްޓަރީ އާއި ވެލެންސިއާ އަދި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރި، ސުޒޭންއަކީ ކޯޗިންގ ދާއިރާގައިވެސް ކާމިޔާބު ފަރާތެކެވެ. މީގެ އިތުރުން އޭނާވަނީ އެފްއޭއެމްގެ ޑިރެކްޓަރ އޮފް ނޭޝަނަލް ޓީމްސްގެ މަޤާމުގައި 2013 ވަނަ އަހަރު އެފްއޭއެމްގައިވެސް މަސައްކަތްކޮށްފައެވެ.

ބްރޭކަށް ފަހު ލީގު އަލުން ފަށާއިރު ތިނަދޫ ޓީމު ކުޅޭ ފުރަތަމަ މެޗުގައި މި މަހު 14 ވަނަ ދުވަހު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނާނެއެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި މޮޅު ކުޅުމެއްދައްކާ ގަދަ 4 ޓީމު ތެރޭގައި ހިމެނިގެން ޕްރިމިއަރ ލީގަށް ކޮލިފައިވި ތިނަދޫއަށް މުބާރާތުގެ ފުރަތަމަ ބުރުގައި ކޯޗުކޮށްދިން ސްޕެއިނުގެ މާޓިނޭޒް ހުއާން މެނުއަލް، އެ މަޤާމުން ވަކިކުރީ ޓީމުގެ މެނޭޖްމަންޓާ ބެހޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަ ދެއްކި ކަމަށް ބުނެއެވެ.


މިއަދު އޮންލައިން