އޮކްސްފޯޑް ޔުނިވަރސިޓީ އިން އަންގް ސަން ސޫކީގެ ޕޯސްޓަރ ނަގައިފި

ކިޔުމަށް ހޭދަވާނީ 1މ 20ސ
އޮކްސްފޯޑް ޔުނިވަރސިޓީ އިން އަންގް ސަން ސޫކީގެ ޕޯސްޓަރ ނަގައިފި
މިޔަންމާ ސަރުކާރާއި ބުދިސްޓުން ރޮހިންޔާ މުސްލިމުންނަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަށް ނުހުއްޓުވުމުގެ ސަބަބުން، އެޤައުުގެ ޑިފެކްޓަރ ލީޑަރ އަންގް ސަން ސޫކީ ގެ ޕޯސްޓަރެއް އޮކްސްފޯޑް ޔުނިވަރިސިޓީ ގެ ކޮލެޖަކުން ނަގައިފިއެވެ.

މީޑިއާ ރިޕޯޓުތަކުން ހާމަވާ ގޮތުން، އަންގްސަން ސޫކީ ވަނީ އޮކްސްފޯޑް ޔުނިވަރސިޓީ ގެ ކޮލެޖެއް ކަމަށްވާ އެސްޓީ ހަަގްސް ކޮލެޖުން އޮނަރަރީ ޑިގްރީ ހާސިލް ކޮށްފައެވެ. އޭނާ އެކޮލެޖުން ގްރެޖުއޭޓް ވެފައިވަނީ 1967 ވަނަ އަހަރުއެވެ.

ނަމަވެސް ރޮހިންޔާ މުސްލިމުންނަށް މިޔަންމާ ސަރުކާރާއި ބުދިސްޓުން ދިން ލާއިންސާނީ ހަމަލާ، އަންގްސަން ސޫކީ ނުހުއްޓުވުމުގެ ސަބަބުން އޭނާއަށް ބައިނަލްއަޤްވާމީ ގިނަ ލީޑަރުންވަނީ ފާޑު ކިޔާފައެވެ. އަދި އެކަމުގެ ސަބަބުން އޮކްފްސްފޯޑް ޔުނިވަރސިޓީގެ އެސްޓީ ހަގްސް ކޮލެޖުން ވަނީ އަންގްސަން ސޫކީ ގެ ޕޯސްޓަރ ނަގާފައެވެ.

އދ. ގެ ރިޕޯޓުތަކުން ހާމަވާ ގޮތުގައި، މިޔަންމާގެ މިހަމަލާތަކުގެ ސަބަބުން މިހާތަނަށް 400،000 ރޮހިންޔާ މުސްލިމުން ވަނީ މިޔަންމާ ދޫކޮށް އަވައްޓެރި ބަންގްލަދޭޝް އަށް ދަތުރުކޮށްފައެވެ.

އަންގްސަން ސޫކީ ގެ ޕޯސްޓަރ 1999 ވަނަ އަހަރުން ފެށިގެން އެސްޓި ހަގްސް ކޮލެޖުގެ މައިގޭޓުން ވަންނައިރު ފެންނަ ގޮތަށް ހަރުކޮށްފައި ހުއްޓެވެ. ނަމަވެސް މިހާރު އެޕޯސްޓަރ ނަގާ، އެތަނުގައި ހަރުކޮށްފައި ހުރީ ޖަޕާނުގެ އާޓިސްޓެއް ކަމަށްވާ ޔޮޝިހިރޯ ޓާކާޑާ، އެކޮލެޖަށް ހަދިޔާ ކޮށްފައިވާ ޕެއިންޓިންގ އެކެވެ.

މިއަދު އޮންލައިން