އުރީދޫ މޯލްޑިވްސް ގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
އުރީދޫ މޯލްޑިވްސް ގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި
އުރީދޫ މޯލްޑިވްސް ގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) ރޭ 8:30 ގައި ދަރުބާރުގެ ރަންނަ ބަނޑޭރި މާލަމުގައި ބާއްވައިފިއެވެ.

ރޭގެ ޖަލްސާގައި ޖުމްލަ 699 ހިއްސާދާރުން ބައިވެރިވެފައި ވާއިރު އެއީ ފަހަކަށް އައިސް މިފަދަ ޖަލްސާއެއްގައި ބައިވެރިވުމުގެ ރެކޯޑް އަދަދެކެވެ. ، ބައިވެރިވި ހިއްސާ ދާރުންގެ ތެރެއިން 497 ހިއްސާދާރުންނަކީ ޕްރޮކްސީ ހުށައަޅައިގެން ބައިވެރިވެފައިވާ ފަރާތްތަކެވެ. އަދި 202 ހިއްސާދާރުންވަނީ ދަރުބާރުގެއަށް ވަޑައިގެން އޭޖީއެމްގައި ބައިވެރިވެފައެވެ. އޭޖީއެމްގައި ބައިވެރިވި ހިއްސާދާރުން ރަމްޒުކޮށްދެއްވާފައި ވަނީ، 136،001،559 (ސަތޭކަ ތިރީސް ހަ މިލިއަން، އެއްހާސް ފައްސަތޭކަ ފަންސާސް ނުވަ) ހިއްސާއެވެ..މިއީވެސް ރެކޯޑް ޢަދަދެކެވެ.

ޖަލްސާ އެޖެންޑާ ކުރެވިފައިވާ ގޮތުގެ މަތިން، ކުރިއަށް ގެންގޮސްފައިވަނީ ވޭތުވެ ދިއަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި، ވޭތުވެދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި މިއަހަރަށް އޮޑިޓަރުން އައްޔަންކޮށް އުޖޫރަ ކަނޑައަޅައި ފާސްކުރުމެވެ. ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ ގެ ފަރާތުން ބޯޑު ޑައިރެކްޓަރެއް އައްޔަން ކުރުމަށް އެޖެންޑާ ކުރެވިފައިވާ އައިޓަމްވަނީ އެފަރާތުން އަނބުރާ ގެންގޮސްފައެވެ.

މި އަހަރީ ޖަލްސާގައި އާންމު ހިއްސާދާރުންގެ މެދުގައި ވޯޓުލުމަށްފަހު ބޯޑު މެންބަރެއްގެ ގޮތުގައި ހޮވިވަޑައިގަތީ، މިވަގުތު ސްޓެލްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ ގެ މަގާމް އަދާކުރަމުންދާ،ހ. މާބަނޑޭރިއާގޭ، އަޙްމަދު ޒުހޫރުއެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން އަޙްމަދު ޒުހޫރަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

މިޖަލްސާގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު ވިކްރަމް ސިންހަ އިސްތިއުފާދެއްވާ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. ވިކްރަމް ސިންހާ ވަނީ އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި 3 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރައްވައި، އުރީދޫގެ ކުރިއެރުމާއި ކާމިޔާބީއަށް ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. ވިކްރަމްގެ ޚިދުމަތް އަގުވަޒަންކޮށް، ކުންފުނީގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އުރީދޫގެ ހިއްސާދާރުންގެ ފަރާތުން ލިބޭ އެއްބާރުލުމާ އެހީތެރިކަމަށް ޝުކުރުދަންނަވައި، އުރީދޫއިން އަބަދުވެސް މަސައްކަތް ކުރާނީ ހިއްސާދާރުންގެ ލާބައާއި މަންފާއަށްކަމުގެ ފުރިހަމަ ޔަގީންކަން އުރިދުން ދެއެވެ.

މިއަދު އޮންލައިން