ދުނިޔޭގެ އެންމެ ބޮޑު އެނަރޖީ ފަންޑް ސައުދިއަރަބިޔާ އާއި ރަސިއާއިން އުފައްދަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ދުނިޔޭގެ އެންމެ ބޮޑު އެނަރޖީ ފަންޑް ސައުދިއަރަބިޔާ އާއި ރަސިއާއިން އުފައްދަނީ
ދުނިޔޭގެ އެންމެ ބޮޑު އެނަރޖީ ފަންޑް ސައުދިއަރަބިޔާ އާއި ރަސިއާ ގުޅިގެން އުފައްދަން ނިންމައިފިއެެވެ.

1 ބިލިއަން ޑޮލަރުގެ މި ފަންޑު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު ސަލްމާން ރަސްގެފާނު ރަސިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެތެރެއިންނެވެ.

ރަސިއާގެ އެނަރޖީ މިނިސްޓަރު އެލެކްސެންޑަރ ނޯވަކް ބުނެފައިވަނީ މިފަންޑޫން ހޭދަކުރާނީ ހަކަތައިގެ ދާއިރާތައް ތަރައްޤީކުރަން ކަމަށެވެ. މިފަންޑުން އެހެން ޤައުމުތަކަށް ކުރާނެ ފައިދާ ހާމަކުރާނީ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުގައި ކަމަށެވެ. "މިއީ އެންމެ ގިނަ އަދަދަށް ތެޔޮ އުފައްދާ ދެ ޤައުމުގެ މެދުގައި ވެވޭ ވަރަށް މުހިންމު އެއްބަސްވުމެއް. ހުޅުވިގެން މިދަނީ ވަރަށް ފައިދާހުރި ފަންޑެއް." ވަޒިރު ވިދާޅުވިއެވެ.

ނޯވަކް ބުނިގޮތުގައި ތެލުގެ އަގުތައް މިހާރު ކޮންމެވެސް ވަރަކަށް އުފުލިގެންދިއަ ނަމަވެސް 50 ޑޮލަރާއި 60 ޑޮލަރާއި ދެމެދުގެ އަގުތަކުގައި ހިފެހެއްޓޭނެއެވެ. އަދި އެއީ އެކަށީގެންވާ ރަނގަޅު އަގެކެވެ. "ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލްކުރަން ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ. އެކަމުގެ ފައިދާ މުޅި ދުނިޔެއަށްވެސް ކުރާނެ." ކަމަށްވެސް ނޯވެކް ބުނެފައިވެއެވެ.

މިއަދު އޮންލައިން