2016 ވަނަ އަހަރު ސައުދީގަ އަލަށްފެށި 38 އިންސައްތަ ވިޔަފާރި ފެށީ އަންހެނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
2016 ވަނަ އަހަރު ސައުދީގަ އަލަށްފެށި 38 އިންސައްތަ ވިޔަފާރި ފެށީ އަންހެނުން
2016 ވަނަ އަހަރު ސައުދިއަރަބިޔާގައި އަލަށްފެށި 38 އިންސައްތަ ވިޔަފާރި ފެށީ އަންހެނުން ކަމަށް ކޮމަރސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ އަންހެނުން ބާރުވެރިކުރުވައި އިޤްޠިޞާދީ މަސައްކަތްތަކަށް ނެރުމަށް ސަރުކާރުން ކުރިއަށް ގެންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތައް ލިބެމުން އަންނަ ކަމަށެވެ. ވަރަށް އާދައިގެ މަސައްކަތްތައް ފެށި ގިނަ އަންހެނުން މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަރާފައި ކަމަށެވެ.

ސައުދީގެ އަންހެނުންނަށް އިޤްޠިޞާދީ ކުރިއެރުން ހޯދައި ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެތެރެއިން 2000 އަށްވުރެ ގިނަ އަދަދެއްގެ ވިޔަފާރިތައް ކާމިޔާބުކަމާއިއެކު މިހާރުވެސް އެބަ ކުރިއަށް ގެންދެއެވެ. މި މަޝްރޫއު ކާމިޔާބުކުރުމަށްޓަކައި ސައުދިއަރަބިޔާއިން ވަނީ 18 ޤައުމެއްގައި މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ހޯދާފައެވެ. އަދި ދަނީ އެ ޤައުމުތަކުގެ ތަޖުރިބާގެ ބޭނުން ކުރަމުންނެވެ.

ކޮމަރސް މިނިސްޓްރީން ބުނީ ސަރުކާރުން ބޭނުންވަނީ ސައުދީ އަންހެނުންނަކީ ހަމައެކަނި އެޤައުމުގައި ވިޔަފާރިކުރާ ބައަކަށްވުމުގެ ބަދަލުގައި އެހެން ޤައުމުތަކުގައިވެސް ވިޔަފާރިކުރާ ބައަކަށް ހެދުމަށް ކަމަށެވެ. އެކަމަށް ބޭނުންވާނެ ފަންނީ އަދި މާލީ ޤާބިލުކަން ސަރުކާރުން ހޯދައިދޭނެ ކަމަށެވެ.
މިއަދު އޮންލައިން