އެމެރިކާއަށް ސައްދާމް ޙުސައިން ދަންޖައްސައިދިން އެމެރިކާގެ ގޮނޑިކޮއްކޮ ޖަލާލް ތަލަބާނީ މަރުވެއްޖެއެވެ. އޭނާ މަރުވީ އިއްޔެގެ ވަގުތެއްގައެވެ.
އެެމރިކާއަށް އިރާޤްގެ ޤައުމިއްޔަތު ވިއްކައިލުމުގައި އިސްދައުރެއް އަދާކުރި ޖަލާލް ތަލަބާނީ އަކީ އެމރިކާއިން އިރާޤް ހިފުމަށްފަހު އެޤައުމުގެ ވެރިކަންކުރި ފުރަތަމަ ރައީސްއެވެ. އަދި އަރަބި ނޫން ފުރަތަމަ ރައީސް އެވެ. އެމެރިކާއިން އޭނާއަށް ވެރިކަން ހޯދައިދިނީ ސައްދާމް ހުސައިން އާއިމެދު އެމެރިކާ ބޭނުންވާ ގޮތަށް ކަންކަން ކުރުމަށްޓަކައެވެ.
2005 ވަނަ އަަހަރުން ފެށިގެން އިރާޤުގެ ވެރިކަމުގައި ހުއްޓައި 2012 ވަނަ އަަހަރު ސްޓްރޯކެއް ޖެހުމާއި ގުޅިގެން އޭނާ ވަނީ ވެރިކަމުން ދުރުވެފައެވެ.