އިންޑިއާގެ މަޝްހޫރު ފިލްމީތަރި ހެމާ މާލިނީ ބޭނުންކުރި ބައެއް ހެދުންތަކާއި އިތުރު ބައެއް ތަކެތި އޭނާގެ ގުދަނުގައި ހުއްޓާ ވަގަށް ނަގައިފިއެވެ.
މުމްބާއީގެ ފުލުހުން ބުނާގޮތުން ވައްކަންކުރި ކަމަށް ބެލެވެނީ ގުދަން ބަލަހައްޓާމީހާއެވެ. ތަކެތި މަދުކަން އެނގުނީ އޭނާ މަސައްކަތަށް ނުނުކުމެ އަދި ޚަބަރެއް ނުވެ ފަސް ދުވަސްވުމުން ގުދަން ހުޅުވައި ބެލުމުންނެވެ. ފުލުހުން ގެންދަނީ އޭނާ ހޯދަން މަސައްކަތްކުރަމުންނެވެ.
ހެމާ މާލިނީ އަކީ މިހާރު ވެރިކަންކުރާ ބީޖޭޕީއަށް ނިޞްބަތްވާ ޕާލަމެންޓް މެންބަރެކެވެ.