ނަމާދުކުރަން މަޖުބޫރުކުރުވާ ހަމައެކަނި ރަސްގެފާނު، ބުރާނާއީގެ ރަސްގެފާނު ހަސަނުލް ބޮލްކިއާގެ ރަސްކަމަށް 50 އަހަރު ފުރުން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
މިއަދު ހެނދުނު ރަސްގެފާނު ވަނީ މަގުތަކުގައި ޘަޤާފީ ގާޑިއާކޮޅުގައި ދަތުރުފުޅު ކުރައްވައި ރައްޔިތުންނާއި ބައްދަލުކުރައްވައިފައެވެ. ދަތުރުފުޅު ކުރެއްވިއިރު އެތައް ހާސްބައަކު ތިބީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް މަގުތަކަށް ނުކުމެއެވެ. އައެއަށްފަހު ރަސްމީ ގަނޑުވަރުގައި ވަނީ ޚާއްޞަ އިހްތިފާލެއް ބާއްވަވައިފައެވެ.
ތެލާއި ގޭހުގެ ސަބަބުން ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކުގެ ލިސްޓުގެ ކުރީގައި ހިމެނޭ ބުރުނާއީގައި މިކަމުގެ ރަސްމީ އިހްތިފާލްތައް ހަފްތާތަކަށް ކުރިއަށް ގެންދާނެއެވެ.
ރަސްގެފާނު މިއަދުވެސް ވިދާޅުވީ ރައްޔިތުންނަށް ލުއިފަސޭހަކަމާއިއެކު ދިރިއުޅެވޭނެ ގޮތްތައް ހަމަޖައްސައިދިނުމާއި ޞީއްޙީ ޚިދުމަތްތަކާއި ތައުލީމީ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް އަބަދުވެސް އިސްކަން ދެއްވަމުން ގެންދަވާ ކަމަށެވެ.
ބުރުނާއީގެ ރަސްގެފާނަކީ ހަމައެކަނި ނަމާދުކުރަން މަޖުބޫރު ކުރައްވާ ރަސްގެފާނެވެ. އެގޮތުން ފިރިހެނަކު ހުކުރަށް ނުގޮސްހުރިނަމަ 1 އަހަރު ދުވަހަށް ޖަލަށްލުމަށް ރަސްގެފާނު ވަނީ އަމުރުފުޅު ނެރުއްވައިފައެވެ. އަދި ހުކުރަށް ނުދާ މީހުން ހޯދަން ގޭގެއަށް ދިއުމަށް ފުލުހުންނަށް ވަނީ އަމުރުފުޅު ކުރައްވައިފައެވެ.
ރަސްގެފާނު ވިދާޅުވެފައިވަނީ ހުކުރަށް ނުދާ މީހުންގެ މައްޗަށް ޝަރީއަތް ކުރަން ނުޖެހޭނެ ކަމަށާއި ވަގުތުން ޖަލަށް ލުމުން ނިމުނީ ކަމަށެވެ.
އުމުރުން 71 އަހަރުވީ ރަސްގެފާނުގެ އުންމީދަކީ ވަރަށް އަވަހަށް އެ ޤައުމަކީ ކީރިތި ޤްރްއާނަށް ފުރިހަމައަށް އަމަލުކުރާ ޤައުމަކަށް ހެއްދެވުމެވެ.