ދިރާގު ޔޫތު ފެސްޓް: މިފަހަރު ވިލިމާލޭގައި ފޯރިގަދަ ވޯޓަރ ސްޕޯޓްސް

ކިޔުމަށް ހޭދަވާނީ 49ސ
ދިރާގު ޔޫތު ފެސްޓް: މިފަހަރު ވިލިމާލޭގައި ފޯރިގަދަ ވޯޓަރ ސްޕޯޓްސް
ޒުވާނުންނަށް ޚާއްސަކޮށްގެން "ދިރާގު ޔޫތު ފެސްޓް 2017" ގެ ނަމުގައި ފެސްޓިވަލެއް މިހޮނިހިރު ދުވަހު ބާއްވަން އެކުންފުނިން ނިންމައިފިއެވެ.

އެގޮތުން މިފަހަރުގެ މިފެސްޓިވަލްގައި، ހިލޭ ބައިވެރިވެވޭ ވަރަށް ފޯރިގަދަ ވޯޓަރ ސްޕޯޓްސް ކުޅިވަރުތަކެއް ވެސް ހިމަނާފައިވެއެވެ.

މިހިނގާ އޮކްޓޯބަރ މަހުގެ 7 ވާ ހޮނިހިރު ދުވަހު، ވިލިމާލެ ވޯޓަރ ސްޕޯޓްސް ބީޗުގައި މިކުޅިވަރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 ގައެވެ. އަދި އެދުވަހުގެ އިރުއޮއްސި 18:00 ގެ ނިޔަލަށް ކުޅިވަރުތައް ކުރިއަށް ދާނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ވޯޓަރ ސްޕޯޓްސް ގެ އިތުރުން، މިފެސްޓިވަލްގައި ބީޗް ސްޕޯޓްސް އާއި މައްޝޫރު ޑީޖޭއިން ހުށަހަޅައިދޭ ލައިވް މިއުޒިކް ގެ އިތުރުން ބާބެކިއު އެއްވެސް ހިމެނިގެންވެއެވެ.

ދިރާގުން މައުލޫމާތު ދީފައިވާ ގޮތުގައި، މިފަދަ ފެސްޓިވަލްއެއް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ޒުވާނުންނަށް ތަފާތު އެކި ވައްތަރުގެ ވޯޓަރ ސްޕޯޓްސް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދިނުމެވެ.
މިއަދު އޮންލައިން