ރަސިއާ އިން 400 އެއާ ޑިފެންސް ސިސްޓަމް ސައުދީން ގަންނަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ރަސިއާ އިން 400 އެއާ ޑިފެންސް ސިސްޓަމް ސައުދީން ގަންނަނީ
ސަލްމާން ރަސްގެފާނު ރަސިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރަސިއާގެ 400 އެއާ ޑިފެންސް ސިސްޓަމް ސައުދީން ގަތުމުގެ އެއްބަސްވުމުގައި ދެ ޤައުމުން ސޮއިކޮށްފިއެވެ.

ރަސިއާ އިން ބުނެފައިވަނީ މިދަތުރުފުޅުގެ ތެރެއިން 3 މިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެ ޤައުމަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.

ދެ ލީޑަރުންގެ ބައްދަލުވުންތަކުގައި މެދުއިރުމަތީގެ މައްސަލަތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވާފައިވާއިރު ރަސިއާ އަކީ ބަޝާރުލްއަސަދުގެ ވެރިކަން ދިފާއުކުރުމަށް ހަނގުރާމަކުރާ އެންމެ އިސް ޤައުމެވެ. ސައުދިއަރަބިޔާ އިން މަސައްކަތްކުރަމުން ގެންދަނީ ބަޝާރުލްއަސަދުގެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ.

އީރާނާއި ރަސިއާގެ މެދުގައި ވަރަށް ގާތް ގުޅުންތަކެއް އޮތްއިރު ސައުދިއަރަބިޔާއިން ބުނަމުން ގެންދަނީ އީރާނަކީ މެދުއިރުމަތީގެ ކަތުރުފަނި ކަމަށެވެ.
މިއަދު އޮންލައިން