އެމްޑަބްލިއުއެސްސީ ގެ "ވޯޓަރ ކަޕް 2017" ފެށިއްޖެ

ކިޔުމަށް ހޭދަވާނީ 50ސ
އެމްޑަބްލިއުއެސްސީ ގެ "ވޯޓަރ ކަޕް 2017" ފެށިއްޖެ
މޯލްޑިވްސް ވޯޓަރ އެންޑް ސެވެރޭޖެ ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ގެ ފެން ކްލަބުން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން ގެންދާ "ވޯޓަރ ކަޕް 2017" މިއަދު ފެށިއްޖެއެވެ.

މިކަމަށްޓަކައި މިއަދު ހަވީރު އެފްއޭއެމް ޓާފް ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުއެވެ.

ވޯޓާރ ކަޕް 2017 ފެށުމުގެ ގޮތުން، އެކުންފުނީގެ މެނޭޖްމެންޓް ޓީމާއި ފެން ކްލަބް އޮފިޝަލްގެ މެދުގައި އެކުވެރިކަމުގެ މެޗްއެއް ކުޅެވިގެންދިޔައެވެ.

މިމުބާރާތް ކުރިއަށް ދާނީ 5 އޮކްޓޯބަރ އިން ފެށިގެން 12 އޮކްޓޯބަރ 2017 ގެ ނިޔަލަށެވެ. އަދި މިމުބާރާތުގައި 7 ޑިވިޟަނަކުން ޖުމްލަ 20 ޓީމެއް ވާދަކުރަން ވަނީ ހަމަޖެހިފައެވެ.

އެމްޑަބްލިއެސްސީ ގެ "ވޯޓަރ ކަޕް 2017" ގެ މަޤްސަދަކީ އެކުވެރިކަން އާލާކުރުމާއި ކުޅިވަރުގެ ރޫހު އާލާކުރުން ކަމަށް، އެކުންފުނިިން މައުލޫމާތު ދީފައިވެއެވެ.
މިއަދު އޮންލައިން