ރަސިއާގެ އުފެއްދުމެއް ކަމަށްވާ ދުނިޔެއަށް މަޝްހޫރު ކަލަޝްނިކޮފް ރައިފަލް އުފެއްދުމުގެ ލައިސަންސް ސައުދިއަރަބިޔާއަށް ދީފިއެވެ.
މި ލައިސަންސްގެ ދަށުން އެމަރުކާގެ ތަފާތު ރައިފަލްތަކާއި ރައިފަލްތަކަށް ބޭނުންވާ ވަޒަން ކާޓްރިޖް އުފެއްދުމުގެ ލައިސަންސް ސައުދިއަރަބިޔާއަށް ލިބޭނެއެވެ.
ކަލަޝްނިކޮފް އޭކޭ 103 ރައިފަލް ވެސް އުފައްދާނެއެވެ.
ސަލްމާން ރަސްގެފާނު ރަސިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިހާރުވެސް ވަނީ 400 އެއާ ޑިފެންސް މިސައިލް ސިސްޓަމް ސައުދިއަރަބިޔާއަށް ގަތުމުގެ އެއްބަސްވުމުގައިވެސް ސޮއިކުރައްވައިފައެވެ.