އިންޑިއާގެ މަޝްހޫރު ފިލްމީ ބަތޮލް އަމީތާބައްޗަން އަށް މިމަހުގެ 11 ވަނަ ދުވަހު 75 އަހަރު ފުރޭއިރު އޭނާގެ 75 ވަނަ ދުވަސް ފާހަގަކުރައް އާއިލާ އެކުގައި ރާއްޖެ އަންނަން ނިންމައިފިއެވެ.
އަމީތާބް އާއިއެކު އޭނާގެ ދަރިފުޅު އަބިޝެކް އާއި ދަނބިދަރި އައިޝްވަރިޔާ ރާއި ބަޗަން އާއި އާއިލާގެ އެންމެން ރާއްޖެ އަންނާނެއެވެ. އަބިޝެކްގެ އުފަން ދުވަސް ފާހަގަކުރަން މިދިއަ އަަހަރުވެސް ޢާއިލާ އެކުގައި ވަނީ ރާއްޖެ އައިސްފައެވެ.
މިދަތުރުގައި 1 ހަފްތާ ރާއްޖޭގައި ހޭދަކުރަން ވަނީ ހަމަޖެހިފައެވެ.
ކުރިން ރާވާފައި ވަނީ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހުރިހާ ފިލްމީތަރިންނަށް ދައުވަތުދީގެން ބޮޑު ބިޔަ ޕާޓީއެއް ބޭއްވުމަށެވެ. ނަމަވެސް އެންމެ ފަހުވަގުތު އެކަން ބަދަލުކޮށް ނިންމާފައިވަނީ ޢާއިލާ އެކުގައި ރާއްޖޭގައި ހަމަހިމޭންކަމާއިއެކު އުފާވެރި ދުވަސް ފާހަގަކުރުމަށެވެ. އެބަދަލު ގެނައީ ޢާއިލާއިން އެގޮތަށް ނިންމުމުން އެކަމަށް އިޙްތިރާމްކުރުމަށެވެ. ބެލެވޭ ގޮތުން ރާއްޖެއަށް އަންނަން އެންމެ ބޮޑަށް ބޭނުންވަނީ އަމީތާބްގެ ކާފަ ދަރިފުޅު އަރަދިޔާ ބަޗަން އެވެ.
ވިދިވިދިގެން ދެ އަހަރު އަމީތާބް ރާއްޖެ އަންނާތީ އެއީ ބޮޑުކަމެއްގެ ގޮތުގައި އިންޑިއާގެ ބައެއް ނޫސްތަކުން ދަނީ ފާހަގަކުރަމުންނެވެ. ޢަމީތާބްެގެ ގާތް ބައެއް މީހުން ބުނެފައިވަނީ އަމީތާބްގެ ޢާއިލާ އިން އެގޮތަށް ނިންމީ މިދިއަ އަހަރު ރާއްޖެއިން ލިބުނު ހިތްހަމަޖެހުން ބޮޑުކަމުން ކަމަށެވެ.